ޤާސިމްގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކީރިތި ޤުރުއާންގެ ތަފުސީރު ނެެރެފި

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑީޑޭޓް ގާސިމު އިބްރާހީމްގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކީރިތި ޤުރުއާންގެ ތަފުސީރު ނެރުއްވައިފިއެވެ.
"ބަޔާންވެގެންވާ ފަސޭހަ ތަފުސީރު" ތަރުޖަމާކޮށް ލިޔުއްވީ ޝެއިހް މުޙައްމަދު ޢަބްދުﷲ އެވެ. ޕްރޫފް ރީޑްކުރެއްވީ އަބްދުﷲ އަބްދުލް މުޙުސިނާއި އިޔާޒު ޖާދުﷲ ނަސީމެވެ. ފޮތުގެ ވެބް ވާޝަންގެ މަސައްކަތް ކޮށްފައިވަނީ ކަނޑުނޫގޭ މުހައްމަދު އިޤްބާލެވެ. ރޭ ނެރުނީ ފޮތުގެ ވެބް ވާޝަނެވެ.
މި ތަފުސީރު ފޮތް ނެރުމަކީ ގާސިމްގެ ރިޔާސީ މެނިފެސްޓޯގައި ހިމަނާފައިވާ ވައުދެކެވެ. ވެބްވާޝަން ނެރުނު އިރު ތަފްސީރު ހިމެނޭ ފޮތް ޗާޕުކުރާނީ ފަހުން ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.
ގާސިމު ވިދާޅުވި ގޮތުގައި އެ ފޮތުގެ 50،000 ޗާޕުކޮށް އާންމު ރައްޔިތުންނަށް ފޯރުކޮށް ދެއްވާނެއެވެ.