ޚަބަރު

0.86 އިންސައްތަ ލިބުނު އެމްއެންޕީން ބުނީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ދެމިއޮންނާނެ ކަމަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުމަށް އިހުތިރާމް ކުރާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ, އެމްއެންޕީން ބުނެފިއެވެ.

Ads by STELCO

ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ފަރާތުން އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމަށް ލިބިވަޑައިގެންނެވީ ފަހަތުން ދެވަނައެވެ. ނާޒިމަށް ލިބިވަޑައިގެންނެވީ 1907 ވޯޓެވެ. މިއީ ވޯޓުލީ މީހުންގެ 0.86 ޕަސެންޓެވެ.

އިންތިހާބުގެ ނަތީޖާއާ ގުޅޭގޮތުން އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނީ ނަތީޖާ ގަބޫލުކުރާ ކަމަށާއި އަދި ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރާ ކަމަށެވެ. އަދި ދެވަނަ ބުރެއްގައި ނިންމާ ގޮތް ރައްޔިތުންނާ ހިއްސާކުރާނެ ކަމަށްވެސް އެމްއެންޕީންގެ ބަޔާނުގައިވެއވެެ.

އެމްއެންޕީ އަކީ ރައްޔިތުންނަށް ހިދުމަތް ކުރަން އުފައްދާފައިވާ ޕާޓީއެއް ކަމަށާއި ސިޔާސީ ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.

ރިޔާސީ އިންތިޚާބު އެއްބުރުން އެއްވެސް ކެނޑިޑޭޓަކު ކާމިޔާބުކުރައްވާފައެއް ނުވެއެވެ.

  1. ދޮށީބޭ

    މަރުޙަބާ ނާޒިމް!ތިޔަވީވަރު އެއްގޮތަކަށްވެސް ދެރައެއްނޫން.