މާޒީއަށް ބަލާއިރު, ދެވަނަ ބުރުގައި ރައީސް ޞާލިޙް ކާމިޔާބު ކުރައްވާނެ: އެމްޑީއޭ

ރާއްޖޭގައި މިހާތަނަށް ބާއްވާފައިވާ އިންތިޚާބުތަކަށް ބަލާއިރު, ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކާމިޔާބު ކުރައްވާނެ ކަމަށް, އެމަނިކުފާނާއެކު ކޯލިޝަނެއްގައި އޮތް އެމްޑީއޭއިން ބުނެފިއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ލިބިފައިވާއިރު, އެއްބުރުން އިންތިޚާބު އެއްވެސް ކެނޑިޑޭޓަކަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ދެވަނަ ބުރަށް ގޮސްފައިވަނީ އިދިކޮޅު ކެނޑިޑޭޓް ޑރ. މުއިއްޒާއި ރައީސް ޞާލިޙެވެ. ކުރީގައި އުޅެނީ ޑރ. މުޢިއްޒެވެ.
"2008 ވަނަ އަހަރުގެ ފުރަތަމަ ބުރުގައި ރައީސް މަޢުމޫން 45% ހޯއްދެވިއިރު ދެވަނަ ބުރު ކާމިޔާބުކުރެއްވީ ފުރަތަމަ ބުރުގައި 25% ހޯއްދެވި ރައީސް ނަޝީދު. 2013 ގެ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ނަޝީދު 47% ހޯއްދަވާފައިވަނިކޮށް ފަހަތުން އަރާ ދެވަނަ ބުރު ކާމިޔާބުކުރެއްވީ ފުރަތަމަ ބުރުގައި 25% ހޯއްދެވީ ރައީސް ޔާމީން. ތާރީޙުގައި ކަންހިނގާފައި އޮތްގޮތަށް ބަލާއިރު إِنْ شَاءَ ٱللَّٰهُ ދެވަނަ ބުރު އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ!" މިއަދު އެމްޑީއޭއިން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.





ކޮމެންޓް