ޚަބަރު

މޮރޮކޯ ބިންހެލުމުގައި ޙާލުގައި ޖެހުނު މީހުންނަށް އެމް-ފައިސާ މެދުވެރިކޮށް އެހީ ވެވޭނެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މޮރޮކޯއަށް އިއްޔެ އައި ބިންހެލުމުގައި، ޙާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން(އައިއޭސީ) އަށް، އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ފައިސާ ހަދިޔާ ކުރެވޭނެ ގޮތް ހަދައިފިއެވެ.

Ads by Sosun Fihaara

އުރީދޫން ބުނީ، އުރީދޫގެ އެޕްއަށް ވަދެ، މި ކެމްޕެއިންގެ ދަށުން ފައިސާ ހަދިޔާ ކުރެވޭނެ ކަމަށެވެ.

މޮރޮކޯ އަށް ހުކުރު ދުވަހު އައިސްފައި ވަނީ، 6.8 މެގްނިޓިއުޑްގެ ބާރު ހުރި ބިންހެލުމެކެވެ. މި ބިންހެލުމުގައި 2،000 މީހުން މަރުވިއިރު، އެތައް ބައެއްގެ ގެދޮރު ގެއްލުނެވެ.

އިސްލާމީ އާބާދީ ބޮޑު ގައުމު ތަކަށް ދިމާވާ މިފަދަ ކަންކަމުގައި ދިވެހީންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނުމުގައި އައިއޭސީން މުހިންމު ދައުރެއް އަދާ ކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!