Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރޮޒައިނާ ވިދާޅުވަނީ ރައީީސް ޞާލިޙަށް ވޯޓު ދިނީ ޤައުމު އިސްކުރި މީހުން ކަމަށް

ރޮޒައިނާ ވިދާޅުވަނީ ރައީީސް ޞާލިޙަށް ވޯޓު ދިނީ ޤައުމު އިސްކުރި މީހުން ކަމަށް
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވޯޓު ނުދިން މީހުން ވިސްނުން އިސް ކުރަން، މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު، ރޮޒައިނާ އާދަމް ގޮވައިލައްވައިފިއެވެ. އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ވޯޓު ލިބިވަޑައިނުގަންނަވާތީ، އިންތިހާބު ދެވަނަ ބުރަކަށް ގޮސްފައިވާއިރު، ދެވަނަ ބުރުގައި ވާދަ ކުރައްވަނީ ރައީސް ޞާލިޙާއި، ޕީއެންސީގެ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒުއެވެ. އިންތިޚާބުގެ ފުރަތަމަ ބުރުން، އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒުއެވެ. އެމަނިކުފާނު ލައްކައަކަށްވުރެ ގިނަ ވޯޓު ހޯއްދެވިއިރު، ރައީސް ޞާލިޙަށް 90،000 ވޯޓު ވެސް ލިބިވަޑައިނުގަތެވެ. އެމަނިކުފާނު ވާދަކުރެއްވީ، އިތުރު ދެ ޕާޓީއާއި ވެސް އެކުގައެވެ. ރޮޒައިނާ މިރޭ ވަނީ ރައީސް ޞާލިޙަށް ވޯޓު ދެއްވި އެންމެހައި މެމްބަރުންނަށް ޝުކުރު އަދާ ކުރައްވައިފައެވެ.
"ތިޔަ ބޭފުޅުން ނިންމެވީ ޤައުމު އިސްކޮށްގެން ނިންމެވި ނިންމުމެއް. އުއްމީދު ކުރަނީ ދެން ތިއްބެވި ބޭފުޅުން ވެސް ދެވަނަ ބުރުގައި ވިސްނުން އިސްކޮށް، ކުލަޔަށް ނުބަލައި، އަނިޔާވެރިކަމާއި، ހަމަނުޖެހުމާއި ދެކޮޅަށް ވޯޓު ދެއްވާނެ ކަމަށް."
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ، މި މަހުގެ 30 ‏ވަނަ ދުވަހުއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް