ޚަބަރު

‏އުޑުގަޖެހިފަ ބިމުގައި ޖެހޭވަރަށް އުފާފާޅުކޮށް ބޮޑާވާވަރެއް އަދި ނުވޭ: މަހްލޫފް

ރައުފާ ރަޝީދު ، ދެން އޮންލައިން

‏ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ކާމިޔާބުވުމުން ‏އުޑުގަޖެހިފަ ބިމުގައި ޖެހޭވަރަށް އުފާފާޅުކޮށް ބޮޑާވާވަރެއް އަދި ނުވާ ކަމަށްކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މަހްލޫފް ވިދާޅުވީ ރަށްރަށުގެ އެމްޑީޕީ ހަރުގެދޮށަށް އެއްވެ އަދި ސޯޝަލް މީޑިއާގައި އެމްޑީޕީގެ މެންބަރުންނާއި ސަޕޯޓަރުންނަށް މަލާމާތާއި ފުރައްސާރަކުރާ ހިސާބަށް ތިޔަދިޔައީ އަދި މާއަވަހަށް ކަމަށެވެ.

‏”އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެނބުރި އަންނާނީ މާގަދަކޮށް.   އަޅުގަނޑުމެން މިއިންތިޚާބު ކާމިޔާބު ކުރާނަން. އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހިނުލާ ބަދަހިކޮށް ތިބެ އިތުރު މަސައްކަތް ކުރަމާހިންގަވާ“ މަހްލޫފް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މީގެ ކުރިން މަހްލޫފް ވިދާޅުވީ މިނަތީޖާއަކީ ސިޔާސީ ހަޔާތުގައި އޭނާއަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނު ފަހަރު ކަމަށެވެ.

‏އަދި މި މިހަގީގަތް ގަބޫލުކޮށް, ހަޖަމުކޮށްގެން، ހެދިފައިހުރި ގޯސްތައް ރަނގަޅުކޮށް ދެވަނަ ބުރުގައި ރައީސް ޞާލިޙަށް މި އިންތިޚާބު ކާމިޔާބުކުރެވޭނެ ކަމަށާއި 2008 ވަނަ އަހަރުގެ ފުރަތަމަ ބުރުގައި ރައީސް މަޢުމޫން 45 އިންސައްތް ހޯއްދެވިއިރު ދެވަނަ ބުރު ކާމިޔާބުކުރެއްވީ ފުރަތަމަ ބުރުގައި 25އިންސައްތް ހޯއްދެވި ރައީސް ނަޝީދު ކަަމަށް މަހްލޫފް ވިދާޅުވިއެވެ.

  1. ހިތް ދަތިވޭތަ؟.
    ދެވަނަ ބުރުގަ ތިއަށްވުރެ ހުތުރުކޮށް ބަލިވާނީ.
    އަނގަ ފިނދު

  2. އާމިނާ

    ޢެވަރަކީ ކޮބާ

  3. މިޔަރޭ

    އުޑާބިމާކިޔާފަަ ކިބުރުވެރިނުވޭﷲއީީ ކަންކަންް މޮޅައްް ދެކެދެނެވޮޑިގެންވާާ އިލާހުު މީހުންނައްް މަލާމާތްކުރުމާާ އޮޅުވާލުމުގަަ މަހުލޫފުމެންް ލައްކަަ އޮޅުވުމެއްް އޮޅުވާލާކަންތައްް ތަކެއްް ކޮއްފިި އެކަންކަމުގެެ ބަދަލުދައްކަވާނެެ ދެންވެސްް ކިބުރުވެރިވުމާަ އަނިޔާވެރިކަމާާ އޮޅުވާލުމާދުރައްދޭޭ އެހެންމީހަކައްް ރަގަޅެއްް މޮޅެއްލިބޭތަންް ފެނުމުންް އެކަންކަމާމަލާމާތްް ކުރުންް ހުއްޓާލާފަަ ތިމާއައްް ލިބޭފަދަަ އުފަލެއްް އެހެންމީކައްލިބުމަކީީ ތިމާވެސްް އުފާކަމެއްގެެ ގޮތުގައިި ވޭތޯﷲއައްް ދަންނަވާާ އެއްގޮތަކައްވެސްް އެހެންމީހަކައްް އެއްޗެއްލިބުމަކީީ އެމީހާދެކެެ ހަސަދަވެރިވާންޖެހޭކަމެއްނޫންް

  4. ސަލާމް

    އެމްޑީޕީ މީހުން އުފާ ފާޅުކުރި ގޮތާ ގާތަކަށްވެސް ޕީޕީއެމުން އަދި އުފާޅު ނުކުރޭ. މިމީހުންނަށް ލިބުނު ކާމިޔާބީއެއްނަމަ .އަޅުގަނޑުމެން މިތިބީ މިމިޙުންގެ ކާމިޔާބީ ފާހަގަ ކުރި ގޮތް ދެކެފަ.އަނަގަނުހުޅުވާ ދުވަސް ދުވަނީ.