މުނައްވަރުގެ ރައްދު: ލީކްވީ އަސްލު ސިޓީނަމަ, ރައްޔިތުނަށް ރަސްމީކޮށް ސިޓީ ރިލީސްކޮށްދީ
މޮރިޝަސްގެ ބޮޑު ވަޒީރަށް ރާއްޖެއިން ފޮނުވާފައިވާ ލީކްވި ސިޓީއަކީ އަސްލު ޙަޤީޤަތެއްނަމަ އެ ސިޓީ ރަސްމީ ޕްރޮޓޮކޯލްގެ ތެރެއިން އާއްމު ކުރެއްވުމަށް ކުރީގެ ބަންޑާރަނައިބު ޑރ. މުޙައްމަދު މުނައްވަރު ގޮވާލައިފިިއެވެ.
ރައީސް ޞާލިޙް, މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީފުޅު މިއަދު ވަނީ ލީކްވެފައެވެ. އެ ސިޓީގެ ސައްޙަން, ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މިއުވާން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މި ސިޓީއާ ގުޅޭ ގޮތުން "ދެން"އާ ވާހަަކަފުޅު ދައްކަވަމުން ޑރ. މުނައްވަރު ވަނީ, އެއީ ސައްޙަ ސިޓީއެއްނަމަ ރަސްމީކޮށް, ރައްޔިތުންނާ ހަމަށް ސިޓީ އާއްމު ކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.
"ސަރުކާރުން މި ބުނަނީ މިއީ އަސްލޭ, ލީކްވީއޭ, މިކަން ބަލާނަމޭ, އެހެންވީމަ ރައްޔިތުންނަށް ރަސްމީކޮށް އެ ރިލީސް ކުރައްވަންވީއެއްނު" ޑރ. މުނައްވަރު ވިދާޅުވިއެވެ.
ޑރ. މުނައްވަރު އިތުރަށް ވިދާޅުވީ, އެ ސިޓީގައި ލިޔެފައިވާ ވާހަކަފުޅަށް ބަލާއިރު, އެއީ އެހެން ޤައުމެއްގެ ބޮޑު ވަޒީރަކަށް ފޮނުވާ ވަރަށްވުރެ ދަށް ފެންވަރުގެ ސިޓީއެއް ކަމަށެވެ. އަދި އެއީ ސައްޙަ ސިޓީއެއްނަމަ އެ ސިޓީ ރާއްޖެއިން ފޮނުވުމަކީ ލަދުވެތި ކަމެއް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑަށް އިނގޭ އެއްޗަކީ ތިއީ ވަރަށް ފެންވަރުދަށްކޮށް ލިޔެފައި އޮތް އެއްޗެއްކަން. ތީގެ ބަހުރުވައާއި, ލިޔެފައި އޮތް ގޮތުން" ޑރ. މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ, ސިޓީގެ މައްސަލައިގައި ނޫސްވެރިންނާ ވަރަށް އަވަހަށް ބައްދަލު ކުރައްވާ އިތުރު ތަފްސީލް ހާމަ ކުރައްވާނެ ކަމަށެވެ.
ހިޔެއްނުވެ އަސްލު ސިޓީ ކަމަކަށް