Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޕީޕީއެމް-ޕީއެންސީއާއި ފާރިސްގެ ޓީމުގެ ކާމިޔާބު ބައްދަލުވުމެއް

ޕީޕީއެމް-ޕީއެންސީއާއި ފާރިސްގެ ޓީމުގެ ކާމިޔާބު ބައްދަލުވުމެއް

ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫންގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން، ޕީޕީއެ‏‏މް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމެއްގައި ތަންފީޒު ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ގުޅިގެން މަސައްކަތް ކުރުމަށް ފާރިސްގެ ޓީމާއިއެކުގައި ޕީޕީއެމް-‏ޕީއެންސީން ފެށި މަޝްވަރާ ބައްދަލުވުންތަކުގެ ދެވަނަ ބައްދަލުވުން މިއަދު ވަނީ ބާއްވައިފައެވެ.
"ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ޚާއްސަ ޓީމާއި ފާރިސް މައުމޫނާއެކު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ގުޅިގެން މަސައްކަތް ކުރުމާގުޅޭގޮތުން މިއަދު ވަރަށް ކާމިޔާބު ބައްދަލުވުމެއްވަނީ ބާއްވާފައި.މިބައްދަލުވުމުގައި ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ފާރިސްމައުމޫންގެ މެނިފެސްޓޯގައި ހިމެނިފައިވާ މުހިއްމު ކަންކަން ތަންފީޒު ކުރެވޭނެ ގޮތްތަކަކާ ގުޅޭގޮތުންވަނީ މަޝްވަރާކޮށްފައި." ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވިއެވެ.
ޕީޕީއެމް-‏ޕީއެންސީއާއިއެކު، އެމްއެންޕީން ކޯލިޝަން ހަދައިފައިވާއިރު، އެހެން ސިޔާސީ ޕާޓީތަކާއިއެކުގައި ވެސް ކޯލިޝަން ހެދުމުގެ މަޝްވަރާތައް ދަނީ ކުރަމުން ކަމަށް އިދިކޮޅުން ބުނެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް