ޚަބަރު

އަންނަ ދައުރުގައި ކުރިމަތިލައްވަން އުމަރު ކެންޕެއިން ފައްޓަވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އުމަރު ނަސީރު 2028 ގެ ރިޔާސީ އިންތިހާބަށް ކެމްޕޭން ފައްޓަވައިފި އެވެ.

Ads by MWSC

އޭނަގެ ސޯޝަލް މީޑިއާ އެކައުންޓަތަކުގައި އަމިއްލަ ފޮޓޯއާ އެކީ "ނިއު ޑިރެކްޝަން: އުމަރު 2028" ޖަހާފައިވާ ޕޯސްޓަރެއް ވެސް ހިއްސާކޮށްފައިވެ އެވެ. ނަމަވެސް އެއާ އެކީ އިތުރު އެއްވެސް ވާހަކައެއް ހިމަނައިފައެއް ނުވެ އެވެ.

މި އަހަރުގެ އިންތިހާބަކީ ކުރީގެ ހޯމް މިނިސްޓަރު ވާދަކުރެއްވި ދެވަނަ ރިޔާސީ އިންތިހާބެވެ. މި ފަހަރު އުމަރު ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ. އޭނަ އެންމެ ފުރަތަމަ އިންތިހާބަށް ވާދަކުރެއްވީ 2008 ގަ އެވެ. އެއީ އޭރު ގެންގުޅުއްވި ޕާޓީ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) ގެ ފަރާތުންނެވެ.

މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި އުމަރާ އެކީ ޖުމްލަ 8 ކެންޑިޑޭޓަކު ވާދަކުރެއްވި އެވެ. އިންތިހާބު ދެވަނަ ބުރަކަށް ގޮސްފައިވާ އިރު، ފުރަތަމަ ބުރުގައި އުމުރު ދިޔައީ ހަތަރު ވަނައަށެވެ. އޭނަ އަށް ލިބިވަޑައިގަތީ 6،343 ވޯޓެވެ. އިންތިހާބުގައި އުމަރު ހޯއްދެވި ނަތީޖާ އަށް ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި މަރުހަބާ ކިޔާފައިވެ އެވެ.

މި މަހުގެ 30 ގައި ބާއްވާ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.

އެނގިފައިވާ ގޮތުގައި ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އުމަރު ތާއީދެއް ނުކުރައްވާނެ އެވެ.

Ads by Ooredoo
  1. އަންނަ ދައުރަކަން ެުމަރަން ލިބުނު ޯޓުކޮޅު ފޮރުވާފަ ބަހައްޓަނީތަ

  2. ބަލާބަލަ

    ހެޔޮނުވާނެއޭ ގާސިމް އަމިއްލަ އަށް ގާސިމްގެ އެޑްވައިޒަރުން ގޮވައިގެން ހުސެން ސޯލިހާއި ގުޅައިގެން ތިޔާ ހިންނަވަރޭ ގާތު ވެސް ބުނެގެން ދޭބަލަ އައްޑޫ ގަމަށް އެތަނުގައި ތިބި ދިވެހި ސިފައިންގެ މީހަކަށް އިންޑިއާ ހެލިކޮޕްޓަރު ގައި އަތްލާން ވެސް ނުލިބެއޭ އެތަނުގައި ތިބި ދިވެހި ސިފައިން ނިދާ ކޮޓަރި ތަކުން އެމެން ނެރެ މިސަރުކާރުގެ ލަދުހަޔާތް ކުޑަ ކަމުން އިންޑިއާ ސިފައިންނަށޭ ދިނީ އިންޑިއާގެ 550 ސިފައިން އެބަތިއްބޭ ގަމުގެ ދޫގަސް ފުރާލާ ބަރުހަތިޔާރާއި އެކު ގާސިމް ދެލޯ ހުރިއްޔާ އަމިއްލަ އަށް ގޮސް ބަލާބަލަ ސަންއައިލެންޑް ހޮރުގައި ނޯވެ ގޮސް ބަލާބަލަ ގާސިމް ހެޔޮނުވާނެއޭ ބަލާބަލަ ތިޔާ ޝާހިދަކީ އެއީ ދިވެހި ލެޔެއް ނޫނޭ އެއީ ކަންނަނޫރު އަލީރާޖާގެ ލެޔޭ އޭނާ މިގައުމުގެ ކަނޑުވިއްކާލާ ބަނޑުއަޅާލައިފިއޭ 500 މިލިއަން ޑޮލަރު ހެޔޮނުވާނެއޭ ގާސިމް އައްޑޫ ގަމަށް ގޮސް ގަމުގެ ދޫވެހި ބަލާފައި މަމެން މިބުނާ ވާހަކަ ދޮގިއްޔާ ދެން ހަދާ ކޯލިޝަން އިބޫ ޖަހުލާއި އެކު އެކަމަކު ގާސިމް ދޫގަސް އަށް ދާން ޖެހޭނީ ނުބުނެ ގޮސް ކުއްލިއަކަށް ދޫގަސް ކުރިމަތީ ހުރެ ރައީސް އިބޫ ގާތު ބުނާނީ ކޯލިޝަން ހެދޭނީ ދޫގަސް ތިމަންނާ އަށް ދެއްކުމުންނޭ…

  3. 2063ގަވެސް ވާނެލާން. ކުޅޭ ކުޅިވަރެއްތަތީ، ނޫނީ ޕާޓީ އޮތީމަ ސަރުކާރުން ލާރިދޭތީތަ މިއުޅެނީ؟