ޚަބަރު

ސުޕްރީމް ކޯޓުގައި ތިބެން ޖެހޭނީ، ހަތެއް ސުމަކުން ވެރިމީހާއަށް ޕެނަލްޓީ ޖަހައިދޭ ފަނޑިޔާރުންނެއް ނޫން: ޖަމީލު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ސުޕްރީމް ކޯޓުގައި ތިއްބަވަން ވާނީ، 7-0 އިން ވެރިމީހާއަށް ޕެނަލްޓީ ޖަހައިދޭނެ ފަނޑިޔާރުން ނޫން ކަމަށް ކުރީގެ ނައިބު ރައީީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެމްޕެއިނުގައި، ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ޖަމީލު ވަނީ އަދުލު އިންސާފުގެ ދާއިރާގެ މިނިވަންކަން ގެއްލި، އިންސާފު ނުލިބޭ މައްސަލައިގައި ކަންބޮޑުވުންފާޅު ކުރައްވައިފައެވެ.

އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލައިފައިވާ ސިޔާސީ ދަޢުވާތަކާއި ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ، ފާސިޤުންގެ ހެކި ބަސް ބޭނުންކޮށްގެން، ރައީސް ޔާމީނަށް އެކަނި ދަޢުވާ އުފުލިއިރު، އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ތުހުމަތު ކުރެވޭ 270 މީހުން ތިބި ކަމަށެވެ.

"އަޅުގަނޑުމެން ޤަބޫލެއް ނުކުރަން، ދިވެހިރާއްޖޭގެ ދުސްތޫރީ ކޯޓު، ކޮންސްޓިޓިއުޝަނަލް ކޯޓަކީ އެތާގެ ދިވެހި ފަނޑިޔާރުން ބުނާނެ އެއްޗެއް ނެތިގެން، އަހުރެން ވެސް ތާއީދު، އަހުރެން ވެސް ތާއީދު، އަހުރެން ވެސް ތާއީދު، މިއީ އަހަރުމެންނަށް ގަބޫލުކުރެވޭ މިންވަރެއް ނޫން." ފަނޑިޔާރު ގެއަށް ނުފޫޒު އޮތް މިންވަރު ހާމަ ކުރައްވަމުން، ޖަމީލު ވިދާޅުވިއެވެ.

ޖަމީލު އިތުރަށް ވިދާޅުވީ، މިއީ ދިވެހީންނަށް ހައްގު މިންވަރެއް ނޫން ކަމަށާއި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު އެކޭ އެއްފަދައިން،  އެކި ދާއިރާތަކުން ޝަރުޢީ އަދި ޤާނޫނީ ދާއިރާއިން ތައުލީމު ހާސިލުކޮށްގެން ތިބި އެތައް ބަޔަކު ރާއްޖޭގައި އެބަތިބި ކަމަށެވެ.

Ads by Allied Insurance
  1. ފުއައް މުލަކޭ

    ޖަމީލު ކަލޭގެއަގެއްނެތް ކަލޭތީސިއާސީހައްޕުޑު ބޮޑިއެއް

  2. ވިއްކާލައިފިއޭ

    ރައީސް އިބޫ ހަދަނީ ދޮގޭ އޭނާ ވަނީ މިގައުމުގެ މިނިވަން ކަން ވެރިކަމުގެ ދަހިވެތިކަމުގައި ވިއްކާލާފައޭ އިންޑިއާ މަމެން ހުވާކޮށްފައޭ މިބުނަނީ އައްޑޫ ގަމުގައި އެބަތިއްބޭ އިންޑިއާގެ އެތައް ސަތޭކަ ސިފައިން ހެލިކޮޕްޓަރު ގަނޑެއް ދުއްވަން ޕައިލެޓަކު ތަމްރީން ނުކުރެވުނޭ 15 އަހަރު ތެރޭގައި އެކަމަކު އައިސް ތިބޭ އިންޑިއާގެ 500 ސިފައިންނަށް ޚަރަދަށް ސަރުކާރުގެ ބަޖެޓުން ހިނގައްޖެއޭ 100 ހެލިކޮޕްޓަރު ގަނޑު ގަންނާނެ ފައިސާ ދެން މިސަރުކާރުން ގެނައި ޑޯނިއަރ ވެސް ދުއްވަން 15 ހާސް ސިފައިން ގެނެސް ހަނިމާދޫ ގައި އެބަތިއްބޭ ބައިތިއްބާފައި އެމެންނަށް ސަރުކާރުގެ ބަޖެޓުން ޚަެރަދުކުރާ ގޮތަކީ ސަރުކާރުން ދެނީ އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ފައިސާ ދެން އެފައިސާ އިންޑިއާ އިން އަނެއްކާ ޓްރާންސްފަރ ކުރަނީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ އަށޭ މިހާ ބޮޑަށް އޮޅުވާލުމާއި މަރާއި ހީލަތުގެ ދަށުން ކެނެރީގެ ނަޝީދު އެލުއްޗާ އާއި އަދި އިބޫ ޖަހުލު ގުޅިގެން މިވަނީ ވެރިކަމުގެ ދަހިވެތި ކަމުގައި މިގައުމުގެ މިނިވަން ކަން އިންޑިއާ އަށް 500 މިލިއަން ޑޮލަރުގެ ކަޓެއް ނަގައިގެން ވިއްކާލާފޭ އިބޫ ޖަހުލު ވަނީ ގައުމުގެ މިނިވަން ކަން ވިއްކާލާފައޭ އިބޫ ޖަހުލު ވަނީ ގައުމުގެ މިނިވަން ކަން ވިއްކާލާފައޭ އިބޫ ޖަހުލު ވަނީ ގައުމުގެ މިނިވަން ކަން ވިއްކާލާފައޭ އިބޫ ޖަހުލު ވަނީ ގައުމުގެ މިނިވަން ކަން ވިއްކާލާފައޭ އިބޫ ޖަހުލު ވަނީ ގައުމުގެ މިނިވަން ކަން ވިއްކާލާފައޭ އިބޫ ޖަހުލު ވަނީ ގައުމުގެ މިނިވަން ކަން ވިއްކާލާފައޭ އިބޫ ޖަހުލު ވަނީ ގައުމުގެ މިނިވަން ކަން ވިއްކާލާފައޭ އިބޫ ޖަހުލު ވަނީ ގައުމުގެ މިނިވަން ކަން ވިއްކާލާފައޭ އިބޫ ޖަހުލު ވަނީ ގައުމުގެ މިނިވަން ކަން ވިއްކާލާފައޭ އިބޫ ޖަހުލު ވަނީ ގައުމުގެ މިނިވަން ކަން ވިއްކާލާފައޭ އިބޫ ޖަހުލު ވަނީ ގައުމުގެ މިނިވަން ކަން ވިއްކާލާފައޭ

  3. ކޮށްދޭންވީއޭ

    ނިޒާމް ބަދަލު ކުރުމުގެ މަޝްވަރާ އަށް ކެނެެރީގެ ނަޝީދު ޕީޕީއެމް ގާތަށް އަންނަން ޖެހޭނީ ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ބާލާ އަދި ހެލިކޮޕްޓަރާއި ޑޯނިއަރ އިންޑިއާ އަށް ފޮނުވާލާ އަދި އިންޑިއާ އިން ދީފައި އޮތް ބާމަނަވަރު ގަނޑުވެސް އިންޑިއާ އަށް ފޮނުވާލާ އަދި ބްރިޖް އެއްބަސްވުން ސަރުކާރުގެ ގެޒެޓް ގައި ޝާއިއު ކޮށް ކަނޑުވިއްކާލި ސިޓީ ގެ އަސްލު ވެސް ސަރުކާރުގެ ގެޒެޓް ގައި ޝާއިރު ކޮށް އިންޑިއާ އިން ލޯން ނެގިއިރު ކަޓްގެ ގޮތުގައި ލިބުނު އަދަދުވެސް ހާމަކޮށް ހަދާ ޖާބިރު ފަދަ ސަރުކާރަށް ޓެކްސް ނުދައްކާ ތިބި ހުރިހާ ބޮޑެތި ވަގުންގެ ނަން ކޮންމެ ދުވަހަކު ޓީވީއެމް އިން 100 ފަހަރު ބްރޯޑް ކާސްޓް ކުރަމުންދާންވީ ނިޒާމީ ވޯޓް ނިމެންދެން އެއީ ކޮށްދޭން ޖެހޭނެ ކަމަކީ…