Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އެމްޑީޕީން ބުނަނީ، އިދިކޮޅުން ދޮގު ވާހަކަ ފަތުރަނީ ބަލި ވާނެކަން ޔަޤީން ވާތީ ކަމަށް

އެމްޑީޕީން ބުނަނީ، އިދިކޮޅުން ދޮގު ވާހަކަ ފަތުރަނީ ބަލި ވާނެކަން ޔަޤީން ވާތީ ކަމަށް

އެމްޑީޕީއިން އިލެކްޝަންސް ކޮމިޝަން(އީސީ)އަށް ނުފޫޒު ފޯރުވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދޮގު ވާހަކަ ފަތުރަނީ ރިޔާސީ އިންތިޚާބުގައި ބަލިވާނެކަން ޔަޤީންވާތީ ކަމަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއިން ބުނެފިއެވެ.

އެތައްހާސް ބަޔަކު ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓަރ ކުރުމުން، އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވައި، ވޯޓު އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށް ޕީޕީއެމް/ޕީއެންސީ އިން ތުހުމަތު ކުރެއެވެ.

މި ތުހުމަތުތައް ދޮގުކޮށް އެމްޑީޕީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެޕާޓީގެ ފަރާތުން އީސީއަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަޑުފަތުރަނީ ރިޔާސީ އިންތިޚާބު ކާމިޔާބު ނުވާނެކަން ޔަގީންވާތީ ކަމަށެވެ.

Advertisement
Ooredoo — Square (box)

އިންތިޚާބު އޮޅުވައިލުންފަދަ އެއްވެސް ކަމެއް އެޕާޓީން ނުކުރާކަމަށާއި، އިންތިޚާބަށް ނުފޫޒުފޯރުވަމުން ދަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން ކަމަށް ވެސް ބަޔާނުގައިވެއެވެ.

އެގޮތުން އިދިކޮޅު ސިޔާސީ ފަރާތްތަކުން އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއިދުކުރާ ރައްޔިތުންނަށް އޮޅުވާލައިގެން ދުރު ސަރަހައްދުތަކަށް ރީ-ރަޖިސްޓްރީ ކުރަމުންދާކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށް އެމްޑީޕީން ބުނެއެވެ.

އަދި ކޮންމެ ބޭފުޅަކުވެސް އެބޭފުޅަކު ވޯޓުލުމަށް ހަމަޖެހިފައިވަނީ ރަނގަޅު ފޮށްޓަށްކަން ކަށަވަރު ކުރެއްވުމަށް އެމްޑީޕީން ވަނީ އެދިފައެވެ.

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާ ތަން ބަދަލުކުރުމަށް ހުޅުވައިލި ފުރުސަތުގައި، މިހާތަނަށް 25،000 އަށް ވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

މިއީ މޮނީޓަރުންނާއި، ކަމާބެހޭ ފަރާތްތަކުން ގާތުން ބަލަން ޖެހޭ ކަމެއް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

 

 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް