ޝިފާ އާއި ޝަލަބީ ކައިވެނިކޮށްފި

މޯލްޑިވިއަން އައިޑޮލްއިން މަޝްހޫރުވި ޝަލަބީ އިބުރާހިމް އާއި ޝިފާ އިބްރާހިމް ކައިވެނިކޮށްފިއެވެ.
އުމުރުން 23 އަހަރުގެ ޝަލަބީ އާއި އޭނާގެ ލޯބިވެރިޔާ ޝިފާ އާއި ކައިވެނިކުރީ ސަޤާފީ ހެދުމުގައި ތިބެ ޒޫމް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.
އެ ދެމީހުންގެ ކައިވެނީގެ ރަނަކީ 1234.56 ރުފިޔާ އެވެ.
ޝަލަބީއާއި ޝިފާގެ ކައިވެނީގެ ފޮޓޯތައް މީސް މީޑިއާގައި ދައުރުވަމުން އަންނައިރު އެ ދެ މީހުންގެ ކައިވެނީގެ ހަފްލާގައި ބައިވެރިވެފައިވަނީ، އާއިލާ އާއި މަދު ރަހުމަތްތެރިންކޮޅެކެވެ.
އައިޑޮލްއިން އުފެދުނު އެންމެ ކާމިޔާބު ލަވަކިޔުންތެރިންގެ ތެރޭގައި ޝަލަބީ ހިމެނެ އެވެ. އަމިއްލަ ލަވަތަކާއި ފިލްމުތަކަށް ވެސް އޭނާ ވަނީ ލަވަ ކިޔާފަ އެވެ. މީގެ އިތުރުން ތަފާތު އެކި އިވެންޓުތަކުގައި ވެސް ކާމިޔާބު ގިނަ ޝޯތަކެއް ޝަލަބީ ދީފައިވެއެވެ.
ޝަލަބީގެ ލޯބިވެރިޔާ ޝިފާއަށް މޯލްޑިވިއަން އައިޑޮލްގައި ޝަލަބީއަށް ލިބުނުވަރުގެ މަގްބޫލްކަމެއް ނުލިބުނު ނަމަވެސް، އޭނާގެ ލަވަތަކަށް ވެސް ސަމާލުކަން ލިބިފައި ވެއެވެ.