ޚަބަރު

ސިފްކޯ ފްލެޓްތައް ލިބުނު ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރަން ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސިފައިންގެ ސިފްކޯ ފްލެޓްތައް ލިބުނު ފަރާތްތަކަށް ރަސްމީކޮށް ތަޅުދަނޑި ޙަވާލުކުރަން ފަށައިފިއެވެ.

Ads by Sosun Fihaara

ސިފްކޯ ފްލެޓްތައް ލިބުނު ފަރާތްތަކަށް ތަޅުގަނޑިތައް ހަވާލުކޮށްދެއްވަން ފެށްޓެވީ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނަރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ.

ސިފްކޯއިން ފްލެޓް ލިބުނު އާއިލާތަކަށް، ލިބޭ ފްލެޓް ކަނޑައަޅާފައިވަނީ ގުރުއަތު ލައިގެންނެވެ. މި ގުރުއަތުލުން ބާއްވާފައިވަނީ މިމަހުގެ ކުރީކޮޅުގައެވެ.

މިމުޅި މަޝްރޫޢުގައި ޖުމްލަ 691 ހައުސިން ޔުނިޓް ހިމެނެއެވެ. އެއީ "ސިފްކޯ ހިޔާ"ގައި ހިމެނޭ، 330 ފްލެޓާއި، "ޕޮލްކޯ" 361 ހައުސިން ޔުނިޓެވެ. މިއީ ފެންވަރު ރަނގަޅުކޮށް ތަރައްޤީކުރާ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. މިއިން ކޮންމެ ޔުނިޓެއްގައި 1100 އަކަފޫޓުގެ ޖާގަ ހުންނާނެއެވެ.

ފުލުހުންނާއި ސިފައިންގެ ފްލެޓްތަކުގެ ޢަމަލީ މަސައްކަތް ފެށީ މީގެ 10 އަހަރު ކުރިން 2013 ވަނަ އަހަރުއެވެ. މި ދެ ޕްރޮޖެކްޓްވެސް ކުރިއަށްގެންދިޔައީ ނޫމަޑި ކުންފުންޏާ ހަވާލުކޮށްގެންނެވެ. ނަމަވެސް އެކި މައްސަލަތަކާއި ގުޅިގެން ނޫމަޑިއާއެކު ހަދާފައިވާ އެއްބަސްވުން އުވާލީ 2016 ވަނަ އަހަރު އޭރުގެ ސަރުކާރުންނެވެ.

އޭރު މިމަޝްރޫޢުގެ ދަށުން ފްލެޓް ލިބޭ ފުލުހުންނާއި ސިފައިންގެ ލިސްޓްވެސް އޮތީ އިޢުލާންކޮށްފައެވެ. އަދި ގިނަބަޔަކު ފްލެޓްތަކަށް ފައިސާވެސް ދައްކާފައެވެ. ފްލެޓްތައް ލަސްވުމަކީ ސިފައިންނާއި ފުލުހުންގެ ބޮޑު ކަންބޮޑުވުމެއްވެސް އޮތް ކަމެކެވެ.

މިސަރުކާރުގައި ޕްރޮޖެކްޓް ނިންމުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެންނެވެ.

Ads by Ooredoo
  1. ވަތަން

    ވަހީދު ސަރުކާރު ބިންގާ ޔާމިނު ސަރުކާރު ފަސްއަހަރު ފަސްތަނބު، ރައީސޯލިހް ތަޅުދަނޑި އަތަޢް. ލަގްޒަރީ އެޕާޓްމެންޓް .