Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މުއިއްޒުގެ ސުވާލު: މި އޮތްގޮތަށް ކަންކަން ބާއްވާނީތޯ؟ނަތީޖާ ނެރެދޭނެ ބަދަލެއް ގެންނާނީތޯ؟

މުއިއްޒުގެ ސުވާލު: މި އޮތްގޮތަށް ކަންކަން ބާއްވާނީތޯ؟ނަތީޖާ ނެރެދޭނެ ބަދަލެއް ގެންނާނީތޯ؟

މިހާރު އޮތްގޮތަށް ކަންކަން ބާއްވާނީތޯ، ނުވަތަ ނަތީޖާ ނެރެދޭނެ ބަދަލެއް ގެންނާނީތޯ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންނާއި ސުވާލު ކުރައްވައިފިއެވެ.

އެމަނިކުފާނު މި ސުވާލު އުފެެއްދެވީ، މިއަދު ރ.މާކުރަތުގައި ބޭއްވި ކެމްޕެއިން ޖަލްސާގައެވެ.

މުއިއްޒު ވިދާޅުވީ، ވިސްނަވަންވީ މިއަދު އިސްކުރަންވީ ރަށާއި، ޤައުމަށް ފައިދާ ހުރި ގޮތް ކަމުގައެވެ.
"ޕާޓީ ލައިނަކަށްނޫން ވިސްނަންވީ، މިއަދު ތިޔަބޭފުޅުންގެ ކުރިމަތީގައި އޮތީ 2 ޗޮއިސްއެއް. މި އޮތްގޮތަށް ކަންކަން ބާއްވާނީތޯ ނުވަތަ ނަތީޖާ ނެރޭވޭނެ ބަދަލެއް ގެންނާނީތޯ."
މުއިއްޒު ދެއްވީ، ނަތީޖާ ނެރެދެއްވާނެ ޗޮއިސްއަށް އެމަނިކުފާނު ވެވަޑައިގަންނަވާނެކަމުގެ ޔަގީންކަމެވެ.

"ރަށްރަށުގެ ތަރައްޤީގެ މަސައްކަތަށް ބަލާލާއިރު އަޅުގަނޑުމެން މަސައްކަތް ކުރަމުންގެންދާނީ ވޯޓުދެއްވާ ގޮތަކަށް ބަލައިގެންނެއްނޫން. އެއްވެސް ތަފާތުކުރުމެއްނެތި ހުރިހާރަށަކަށް ތަރައްޤީ ގެނެސްދޭނީ، ލާމާރުކަޒީ އުޞޫލުން ކައުންސިލްތައް ޒިންމާ ކުރުވައިގެން ސީދާ ގާތުން މަސައްކަތްތައް ބަލަމުން ވަރަށް ބާރަށް ގޮސް މަސައްކަތްތައް ނިންމައި ދެވޭނެގޮތަށް." އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

މުއިއްޒު  އިތުރަށް ވިދާޅުވީ، މާކުރަތުގައި ސަރުކާރުން ކުރަންފަށައި، ހުއްޓިފައި ހުރި މަސައްކަތްތައް އަލުން ފަށައިގެން، ވަރަށް ބާރަށް ކުރިޔަށް ގެންގޮސް ދެއްވާނެ ކަމަށެވެ.

"އަދި ބަދަލެއް ގެންނަން ރައްޔިތުން އެދޭގޮތެއް އޮތްނަމަ އެކަމެއްވެސް ބަލައި ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކޮށްދޭނަން." މުއިއްޒު ވިދާޅުވިއެވެ.

މާކުރަތަށް މުއިއްޒު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި، އެ ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދައިދިނުމާއި، ރަށުގައި އޮތް ފުޓްސަލް ދަނޑަށްވުރެ ރަނގަޅު ފެންވަރެއްގައި އެ ދަނޑު ތަރަށްޤީކޮށްދީ އަދި ޒުވާނުންގެ މަރުކަޒެއް ޤާއިމް ކޮށްދެއްވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް