Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރަސްމީ މިނިވަންކަން ފެންނަން އޮތަސް، ޢަމަލީ މިނިވަންކަން ނެތި ހިނގައްޖެ: މުޢިއްޒު

ރަސްމީ މިނިވަންކަން ފެންނަން އޮތަސް، ޢަމަލީ މިނިވަންކަން ނެތި ހިނގައްޖެ: މުޢިއްޒު

ރަސްމީ މިނިވަންކަން ފެންނަގޮތަށް އޮތް ނަމަވެސް ޢަމަލީ މިނިވަންކަން ނެތި ހިނގައްޖެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގަލޮޅުކަންމަތީގައި މިއަދު ބޭއްވެވި ބައްދަލުވުމުގައި، މުޢިއްޒު ވިދާޅުވީ ރާއްޖޭގެ ކަނޑު ވިއްކާލައިފި ކަމަށާއި، އެކި ސަރަޙައްދުތައް ވާނުވާ ނޭނގޭގޮތަށް ދީފައިވާ ކަމަށެވެ.

"ދަރަނިތައް އިންތިހާއަށް ވާނުވާ ނޭނގޭގޮތަށް ނަގައި ނިންމައިފި. އަޅުގަނޑުމެންގެ ބޮލުގައި 114 ބިލިއަން ރުފިޔާގެ ދަރަނި އަޅުވާފައި އޮތްއިރު އޭގެ 50 އިންސައްތައަކީ އަވައްޓެރި ޤައުމަކުން ނެގި ދަރަނި. އޭގެ ތަފްޞީލު ހާމަކޮށްދޭން ބުނީމާ މިބުނަނީ ހާމަކޮށްފިނަމަ ޤައުމީ ސަލާމަތަށް ނުރައްކާވެއޭ." މުޢިއްޒު ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

މުޢިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ޖުޑިޝަރީ ވާނީ ޙަޤީޤީ މާނާގައި މިނިވަން ޖުޑިޝަރީއަކަށް ކަމަށާއި، ޝަރީޢަތުގެ ތެރެއަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ވިދާޅުވެފައެވެ.

"އަދި ފޯރުވުމުގެ ފުރުޞަތެއްވެސް ނުދޭނަން. އަދި އެފަދައިން ޢަމަލުކޮށްފިކަން އެނގޭ މީހުން ވަޒީފާއިން ވަކިކުރާނަން. އޭރުން ރައީސް ޔާމީނުވެސް މިނިވަންވެ ވަޑައިގަންނަވާނެ. އަދި ރައީސް ނަޝީދަށްވެސް އިންސާފު ލިބިވަޑައިގަންނަވާނެ."

 

ބޮޑެއް ކުޑައެއް ބެލުމެއްނެތި، މޮޅުމީހެއް ދެރަމީހެއް ބެލުމެއްނެތި، ޢަދުލުވެރިކަމާއިއެކު އިންސާފު ލިބިގެންދާނެ ކަމަށާއި، އިންޞާފު ޤާއިމް ކޮށްދެއްވުމަށް ތިއްބެވި ފަނޑިޔާރުންނަށް މިނިވަން މާޙައުލެއް ހޯދައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް