Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ލ.ގަމުގެ އިރު އުތުރު ފަރާތުގައި ބަނދަރެއް އަޅައިދޭނަން: މުޢިއްޒު

ލ.ގަމުގެ އިރު އުތުރު ފަރާތުގައި ބަނދަރެއް އަޅައިދޭނަން: މުޢިއްޒު

ލ.ގަމުގެ އިރު އިތުރު ފަރާތުގައި ބަނދަރެއް ތަރައްޤީ ކޮށްދެއްވުމަށް އިދިކޮޅު ކެންޑިޑޭޓް، ޑރ.މުޙައުހުހމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފިއެވެ.

ލ.ގަމުގައި މިރޭ ބޭއްވެވި ކެމްޕެއިން ޖަލްސާގައި، މުޢިއްޒު ވަނީ މިކަން ހާމަކުރައްވައިފައެވެ. އެއާއިއެކު، ޖަލްސާއަށް އެއްވެ ތިބި މީހުން ހޫނު ތަރުހީބެއް ދިނެވެ.
"އަޅުގަނޑު އިރާދަކުރެއްވިއްޔާ، މި ރާއްޖެއަށް، މި އަތޮޅަށް ހުށަހަޅާ ކަންކަން އެއީ ކުރެވޭވަރު ކަންކަން." މުޢިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ކެމްޕެއިން ތެރޭގައި ވެފައިވާ ވަޢުދުތައް ފުއްދައިދެވޭނެ ކަމަށް ޔަޤީން ކުރައްވާ ކަމަށާއި، ރައްޔިތުން ކުރަންވީ ކަމަކީ، އެކަތިގަނޑަކަށްވެ، މި މަހުގެ 30 ވަނަ ދުވަހު، އެމަނިކުފާނަށް ވޯޓު ލުން ކަމަށެވެ. މުޢިއްޒު ވަނީ ޤައުމުގެ ބަހާތަކުގެ ދިފާޢުގައި ރައްޔިތުން އެކުގައި ނުކުތުމަށް ގޮވައިލައްވައި، މިނިވަންކަން ޔަޤީންކޮށްދެއްވުމަށް ވެވަޑައިގަންނަވާ ވަޢުދު ތަކުރާރު ކުރައްވައިފައެވެ.    

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް