ފަސް އަހަރުގެ ދައުރު ނިމޭއިރު، އައްޑޫގައި ގެދޮރު ޔަޤިން ނުވާ ރައްޔިތަކު ނުހުންނާނެ: މުޢިއްޒު

އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު، ގެދޮރުވެރިކަން ނުވާ އެއްވެސް ރައްޔިތަކު އައްޑޫ ސިޓީގައި ނުހުންނާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި މިއަދު ދެއްކެވި ވާހަކައިގައެވެ. މުޢިއްޒު ވިދާޅުވީ، ގެދޮރު ޔަގީންކޮށްދިނުމާއި އަތް ފޯރާ ފަށުގެ ލުއި ލޯނުދީގެން ގެދޮރު ބިނާ ކޮށްދިނުމަށް ފަހިކޮށްދިނުމަކީ އެމަނިކުފާނުގެ މައިގަނޑު އެއް އަމާޒު ކަމަށެވެ.
"ފަސް އަހަރު ނިމޭ އިރު މި ސިޓީގައި ގެދޮރުވެރިކަން ޔަގީންނުވާ އެއްވެސް މީހަކު ނުހުންނާނެ."
"ކުޑަކުދިން އެންމެ ގިނައިން އެދޭކަމަކީ ޕާރކުތައް ހަދައިދިނުން. ކޮންމެ ރަށެއްގެ ވެސް އާބާދީގެ ނިސްބަތުން ޕާރކުތައް ހަދާނަން."
މީގެ އިތުރުން މާލޭގައި ތަރައްޤީކުރި ރަސްރަނި ބަގީޗާ ފަދަ ރީތި ޕާރކެއް އައްޑޫ ސިޓީއާއި އެހެނިހެން ސިޓީތަކުގައި ވެސް ގާއިމް ކުރައްވާނެ ކަމުގައި ވެސް ވިދާޅުވިއެވެ.







ކޮމެންޓް