Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މާޒް ސަލީމްގެ ރާގު ބަދަލުވެއްޖެ: "އިންޑިއާ އައުޓް ކީ މުޒާހަރާތަކުގައި މީހުން މަދުވުމުން ޖޯޝް އިތުރުކުރުމަށް

މާޒް ސަލީމްގެ ރާގު ބަދަލުވެއްޖެ: "އިންޑިއާ އައުޓް ކީ މުޒާހަރާތަކުގައި މީހުން މަދުވުމުން ޖޯޝް އިތުރުކުރުމަށް

އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ޤާއިމްވެފައި ތިބުމާ ދެކޮޅަށް ހިންގަމުން އަންނަ އިންޑިއާ އައުޓް ކެންޕެއިނަކީ އިދިކޮޅުން ޖޯޝު އިތުރު ކުރުމަށް ހިންގަމުން އަންނަ ކެންޕެއިނެއް ކަަމަށް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރުގެ ރަނިންގމޭޓް އަހުމަދު ސަލީމް (މާޒް ސަލީމު) ވިދާޅުވެއްޖެއެވެ.

މާޒް ސަލީމް ވަނީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރަން ނިންމާފައެވެ.

އިންޑިއާ އަސްކަރިއްޔާއާ ދެކޮޅަށް އެންމެ ބޮޑަށް ވާހަކަ ދައްކަމުން ދިޔަ ފަރާތަކީ އުމަރު ނަސީރެވެ. އުމަރުގެ ރަނިންމޭޓަކަށް ހުންނަވާ, ލޮރީ ބުރުގައި ސިފައިން ބާލަން ގޮވަމުން ދިޔައިރު, އުމަރާއެކު ސަލީމް ހުންނެވިކަން ފާހަގަކޮށްލެވެއެވެ.

Advertisement
Ooredoo — Truecaller (box)

ރައީސް ޞާލިޙަށް ތާއީދު ކުރެއްވުމަށްފަހު ފުރަތަމަ ފަހަރަށް އެމްޑީޕީގެ ޕޯޑިއަމް އަކަށް އަރުއްވާ, އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ސޯސަން މަގު ޖަގަހަ ކުރިމަތީގައި ކުރިޔަށްގެންދިޔަ ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މާޒް ސަލީމު ވިދާޅުވީ, އިންޑިއާ އައުޓް ސްލޯގަން ބޭނުންކުރަން ފެށީ މީހުންގެ މެދުގައި ގައުމީ ޖޯޝް އިތުރުކުރަން ކަމަށާއި އެ ސްލޯގަންގައި ވަރަށް ގިނަ މީހުން ޖެހުނުކަމަށެވެ.

"މިސްލޯގަން އިދިކޮޅުން ޚިޔާރުކުރަން ޖެހުނު ސަބަބަކީ އިދިކޮޅުން އޭރުގައި މުޒާހަރާތައް ކުރަމުންދާއިރުގައި މީހުން މަދުވާތީވެ މީހުން ނާންނާތީވެ ވިއްސަކަށް ތިރީހަކަށް މީހުން އަންނާތީވެ ގައުމީ ޖޯޝުގައި މީހުން ނުކުންނަ ކަހަލަ ސްލޯގަނެއް ހޯދަންވެގެން އަބްދުﷲ ޝާހިދު ވިދާޅުވާހެން ފިތުނައިގެ ސްލޯގަން ނެރުނީ. އެސްލޯގަނުގައި ވަރަށް ގިނަ މީހުން ޖެހުނު." ސަލީމް ވިދާޅުވީ, އޭރުވެސް އެ ސްލޯގަން ބޭނުން ކުރުމާ ދެކޮޅަށް އޭނާ މަސައްކަތް ކުރި ކަމަށެވެ.

"އަޅުގަނޑުމެން އެމީހުން ހިފަހައްޓަންވެސް ހިފެހެއްޓިން ނުހަދާށޭ ކިޔާފައި. ތިއީ މިކަމުގައި ކުރާކަމެކޭ. ފޮޓޯއަށް ކުރާކަމެކޭ. ސަރުކާރަށް ޕްރެޝަރ ކުރަން ކުރާކަމެކޭ. ހުދު އަޅުގަނޑު ވަރަށް ގިނަ މީހުން ކައިރީގައި އެވާހަކަ ދެންނެވިން. ކަން ހިނގީވެސް އެހެން. އެތައް ބަޔަކު އޭގައި ޖެހުނު."

މާޒް ސަލީމް އިތުރަށް. ވިދާޅުވީ, އިންޑިއާ ސިފައިން ރާއްޖޭގައި ނުތިބޭ ކަމަށް ސަލާމަތީ ބާރުގެ ފަރާތްތަކުން މިއަދު ބުނަމުން އަންނައިރު, އެކަން ޤަބޫލު ނުކުރަންވީ ސަބަބެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެންގެ އަމަން ބަލަހައްޓާ ފަރާތުން މިއަދު ނުކުމެ އެތަނުގެ ކޮމާންޑަރުން ނުކުމެ ވީޑިއޯ މެސެޖް އެބަދޭ ދިވެހި ރާއްޖެ އޮތީ އަމާންކޮށޭ. ދިވެހިރާއްޖޭގައި އެބުނާ ބަޔަކު ނެތޭ. އެހެން ބުނީމާ އަޅުގަނޑުމެން އެބަޖެހޭ އެކަން ގަބޫލުކުރަން. އެއީ ރާއްޖޭގެ އަމަން ބަލަހައްޓަން ތިބި މީހުން. އެއީކީ މާޒް ސަލީމް ބުނާ ވާހަކައެއް ނޫން. ނުވަތަ އަބްދުﷲ ޝާހިދު ވިދާޅުވާ ވާހަކައެއް ނޫން." މާޒް ސަލީމް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް