ރަސްދޫ ވެސް މުޢިއްޒު ވެއްޖެ

އ.އ ރަސްދޫގެ ވަގުތީ ނަތީޖާއިން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒުގެ މައްޗަށް ކުރި ހޯއްދަވައިފިއެވެ.
ވަގުތީ ނަތީޖާ އަށް ބަލާއިރު، އެ ރަށުގައި ބެހެއްޓި ދެ ވޯޓި ފޮށިން މުއިއްޒުއަށް 416 ވޯޓު ލިބިލެއްވިއިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 360 ވޯޓެވެ. މުޢިއްޒުއަށް 52.39 އިންސައްތަ ލިބިލެއްވިއިރު، ރައީސް ޞާލިޙަށް ލިބިލެއްވީ 45.34 އިންސައްތައެވެ.
ރަސްދޫގެ ދެ ވޯޓު ފޮއްޓަށް ލީ 18 ވޯޓެއް ވަނީ ބާތިލުވެފައެވެ.
މި ރަށުން 90.74 އިންސައްތަ މީހުން ވޯޓު ލުމުގެ ޒިންމާ އަދާ ކުރިއެވެ.