މާލެ ސިޓީ ކައުންސިލްގެ ހިންގުން ޑެޕިއުޓީ މޭޔަރުއާ ހަވާލުކޮށްފި

"އެހެންވީމާ މިއަދަށް ފަހު ދެން ރަސްމީކޮށް ޒިންމާތައް ހަވާލުވެވަޑައިގެން ކުރިއަށް ގެންދަވާނީ ޑެޕިއުޓީ މޭޔަރު ނަރީޝް އިނގޭތޯ. އަޅުގަނޑު އެދެން އަދި ޔަގީންކުރަން ވަރަށް ފުރިހަމައަށް ގެންގޮސްދެއްވާނެ ކަމަށް" މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން 17 ނޮވެމްބަރު ގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވާކުރައްވަންދެން އެމަނިކުފާނު ހުންނަވަނީ މޭޔަރުގެ މަޤާމުގައި ކަމަށާއި ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާއިރަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މޭޔަރުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރުމަށް ބައި-އިލެކްޝަނެއް ބާއްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
"ނޮވެމްބަރު 17 އާހަމައަށް އަޅުގަނޑަށް މޭޔަރުކަމުގައި ހުރެވޭނެ. އެހެން ނަމަވެސް ޒިންމާތައް ލީގަލް ޓީމް އަދި އެލްޖީއޭ މެދުވެރިކޮށް ބެލި އިރު ފުރުސަތު އެބަ އޮތް ޑެޕިއުޓީ މޭޔާއާ ހަވާލުކުރެވުމުގެ،.... "އަޅުގަނޑު ބޭނުން ޓްރާންސިޝަންގެ މަސައްކަތްތައް، ކޮމެޓީތައް ހިނގާގޮތް، ބަލައި އެހީތެރިކަންދީ އެ މަސައްކަތައް ހުރިހާތަނަކުން ހޯދަންވާ މައުލޫމާތުތައް އެއްކޮށް އެނަލައިޒްކޮށް ޕްލޭންކުރަން،" މުޢިއްޒު ވިދާޅުވި އެވެ.މިވަގުތު މޭޔަރުގެ ޒިންމާތައް އުފުލެން ނެތްކަން ފާހަގަކުރައްވަމުން މުޢިއްޒު ވިދާޅުވީ ޓްރާންސިޝަން ޕީރިއަޑް ނުވަތަ އައު ވެރިކަމަކަށް ސަރުކާރު ބަދަލުކުރުމުގެ މަރުހަލާގެ މަސައްކަތްތަކަށް ފުރިހަމައަށް ވަގުތު ދެއްވަން ބޭނުންފުޅުވާކަމަށެވެ. އަދި އެހުރިހާ ޒިންމާތަކާއެކު މޭޔަރު ކަމުގެ ޒިންމާ އަދާކުރުމަށް ދޭންޖެހޭ ވަގުތު ނުދެވިދާނެ ކަމަށާއި އެއީ މާލޭ ރައްޔިތުންނަށް ހައްޤު ގޮތް ނޫން ކަމަށެވެ.
މީގެ އިތުރުން މުޢިއްޒު ވިދާޅުވީ، މާލެ ސިޓީ ކައުންސިލަރުންގެ ތެރެއިން ބައެއް ބޭފުޅުންނަކީ އެމަނިކުފާނާއެކު ސަރުކާރުގައި މަސައްކަތް ކުރައްވާނެ ބޭފުޅުން ކަމަށް ވުމަކީ އެކަށީގެންވާ ކަމެއްކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި ސިޓީ ކައުންސިލަށް މި ސަރުކާރުގައި ނުދީ ހުރި ހުއްދަތައް ދެއްވާނެ ކަމަށެވެ.





ކޮމެންޓް