ޚަބަރު

ޓްރާންސިޝަން ކޮމިޓީގައި އަންހެނުންގެ ބައިވެރިވުން އޮންނާނެ: ހީނާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސަރުކާރު ބަދަލުވުމުގެ މަރުޙަލާގައި އުފައްދަވާ ޓްރާންސިޝަނަލް ކޮމިޓީގައި, އަންހެނުންގެ ބައިވެރިވުން އޮންނާނެ ކަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ހީނާ މިހެން ވިދާޅުވީ, ޓްރާންސިޝަނަލް ކޮމިޓީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް އަބްދުއްރަހީމް އައްޔަންކޮށް, ލިޔުން ހަވާލުކުރި ރަސްމިއްޔާތުގައި އަންހެންކަނބަލެއް ނުފެންނަ ކަމަށާއި, އެހެންކަމުން ޓްރާންސެޝަނަލް ކޮމިޓީގައި އަންހެނުންގެ ބައިވެރިވުން ނެތް ކަމަށް ބުނެ މީހަކުކޮށްފައިވާ ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

ހީނާ ވިދާޅުވީ, ޓްރާންސިޝަން ކޮމިޓީތައް އެކުލަވާލެވެނީ ތަފާތު ދާއިރާތަކުން ފަންނުވެރި ހުނަރުވެރި ގާބިލް އަންހެނުން ހިމެނޭ ގޮތަށް ކަމަށެވެ. އަދި ޓްވީޓް ކުރެއްވި ފޮޓޯގައި ހިމެނީ ޑިރެކްޓަރ ޖެނެރަލް އެޕޮއިންޓް ކުރެއްވި ޖަލްސާ ކަމަށާއި, ފޮޓޯގައި ތިއްބެވީ ދެ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

ހީނާ އިތުރަށް ވިދާޅުވީ, އިންތިޚާބީ ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި އަންހެނުންނަށް ޚާއްސަ އަހަމިއްޔަތުކަމެއްދެއްވާނެ ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ މެނިފެސްޓޯގައި ދެވަނަ އަށް އެންމެ އިސްކަން ދެއްވާފައިވަނީވެސް އަންހެނުންނަށް ކަމަށް ހީނާ ފާހަގަ ކުރެއްވިއެވެ.

އިންތިޚާބީ ރައީސް ޑރ. މުޢިއްޒުގެ ކެންޕެއިން ދުވަސްވަރު ވެސް އެމަނިކުފާނުގެ އިދިކޮޅު ފަރާތްތަކުން ގެންދެވީ އެމަނިކުފާނުގެ ވެރިކަމެއްގައި އަންހެނުން ބާކީ ކުރައްވާނެ ކަަމަށް ވިދާޅުވެފައެވެ. ނަމަވެސް ރައީސް ޑރ. މުޢިއްޒު ވަނީ އެ ވާހަކަތަކަށް ރައްދު ދެއްވަވާ, އަބަދުވެސް އަންހެނުންގެ ޙައްޤުތަކަށް އިޙްތިރާމް ކުރައްވާނެ ކަމަށާއި, ޤައުމު ހިންގުމުގައި ބައިރިވުން އިތުރު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

  1. މިރާއްޖޭގައި ގިނަ އަންހެނުން ނޫޅޭ ވަޒީފާނުލިބިގެނެއް މަދު ބަޔަކު އުޅެނީ ، އާއިލާޔަށް ވަގުތު ދޭން ގިނަ އަންހެނުން ބޭނުންވަނީ، ދަރިން ރަގަޅަށް ބަލާ ބޮޑުކުރަން !