ޚަބަރު

ހިޔާ ފްލެޓުން ވެއްޓުނު ކުއްޖާ ނިޔާވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގެ ހަ ވަނަ ޓަވަރުން ވެއްޓުނު ކުއްޖާ ނިޔާވެއްޖެވެ.

Ads by STELCO

ނިޔާވެފައިވަނީ ހއ. ދިއްދޫ/ ސަމަން ވިލާ، މުޙައްމަދު އައިމަން އިސްމާއިލްއެވެެ.

އެ ކުއްޖާގެ އުމުރަކީ 15 އަހަރެވެ. ފުލުހުން ވިދާޅުވީ، އެ ކުއްޖާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ އެ ކުއްޖާ ވެއްޓިފައި ވަނީ 12 ވަނަ ފަންގިފިލާއިން ކަމަށާއި، މި ހާދިސާގެ މަޢުލޫމާތު ލިބުނީ މިރޭ 11:58 ހާއިރު ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!