ޚަބަރު

އާހިތްވަރަކާއެކު ފަލަސްތީނުން ފެށި ވަރުގަދަ ޖިހާދަށް ރައީސް މައުމޫނުގެ އައްސަރިބަހާއި ސާބަސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެފައިވާ އިޒްރޭލާ ދެކޮޅަށް އެ ގައުމުން އިއްޔެ ދޭން ފެށި ހަމަލާތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ސާބަސް ވިދާޅުވެއްޖެއެވެ.

Ads by MWSC

މިއަދު އެކްސްގައި ރައީސް މައުމޫން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ އަސާސީ ޙައްޤުތައް އަނބުރާ ހޯދުމަށްޓަކާ ފަލަސްތީނުގެ ހިތްވަރުގަދަ މުޖާހިދުން އިއްޔެ އާހިތްވަރަކާއެކު ފެށި ވަރުގަދަ ޖިހާދަށް އައްސަރިބަހާއި ސާބަސް ރައްދު ކުރާ ކަމަށެވެ.

ރައީސް މައުމޫންގެ އިތުރުން، އިންތިހާބީ ރައީސް، ޑރ. މުޢިއްޒު ވެސް ވަނީ ޔަހޫދީ އިސްރާޢީލުން ކުރިޔަށް ގެންދާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް ގޮވާލާފައެވެ. މުޢިއްޒު ވިދާޅުވީ, އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިމުން ވަގުތުން ވަގުތަށް ފައިބަން ޖެހޭ ކަމަށެވެ.

ފަލަސްތީނަށް އިޒްލޭރުން ދޭ ލާއިންސާނީ ހަމަލާތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވެސް ވަނީ  ކުށްވެރިކުރައްވައިފައެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނާއި، އެ ރައްޔިތުންގެ ކަރާމާތާއި އަމިއްލަ އިޚްތިޔާރުގެ ޙައްޤާއި އެއްބައިވަންތަކަމުގެ ޙައްޤުގައި ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމަށާއި، ފަލަސްތީނުގެ ދިފާއީ ބާރުނެތް މުޖުތަމައުތަކަށް އިސްރާއީލުން ނުހައްގުން ބާރުގެ ބޭނުން ކުރުން ކުށްވެރިކުރައްވާކަމަށެވެ.

Ads by Allied Insurance
  1. ކަޝްމީރު އިންޑިޔާގެ އައްދަށުން މިނިވަންވާންޖެހޭ، މޯޑީ ސަރުކާރުން އިންޑިޔާގެ ޤާނޫނުއަސާސީ ބަދަލްކޮށްގެން ކަޝްމީރު މުސްލިމުންގެ ހައްޤު ނިގުޅައިގެންފައިވަނީ !