ޚަބަރު

ބިންވެރިޔާ ސްކީމް: ގޯތި ދޫކުރާ ސަރަހައްދުތަކުގެ ލޭންޑް ޔޫޒް ޕްލޭން އާއްމުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މި ސަރުކާރުގެ "ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރު ފަޅުން ދޫކުރަން ހަމަޖެހިފައިވާ ގޯތިތައް ދޫކުރާ ގޮތުގެ ލޭންޑް ޔޫޒް ޕްލޭން އިއްޔެ އާއްމުކޮށްފިއެވެ.

Ads by STELCO

އާއްމުކުރި ލޭންޑް ޔޫޒް ޕްލޭނުގައި ތިމާވެށީގެ ގޮތުން ރައްކާތެރިކޮށްފައިވާ ސަރަހައްދުތަކާއި ރެޒިޑެންޝަލް ބޭނުންތަކަށް ދޫކުރާ ބިންތަކާއި ކޮމާޝަލް ސަރަހައްދުތަކާއި ކުޅިވަރާއި ރެކްރިއޭޝަން އަދި ޔޫޓިލިޓީއަށް ބޭނުންކުރާނެ ސަރަހައްދު ފާހަގަކޮށްފައެވެ.

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ބުރުގެ ދަށުން މާލެ ސަރަހައްދުން 4000 ގޯއްޗާއި 6000 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މާލޭގައި އުޅޭތާ 20 އަހަރުވެފައިވާ މީހުންނަށާއި މާލޭގެ ދަފުތަރުގައި ޖެހިފައިވާ މީހުންނަށް މާލެ ސަރަހައްދުން ގޯތިދޭނެއެވެ.

މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދައިދެއްވުމަށް، މި ސަރުކާރުން ފެއްޓެވި ބިންވެރިޔާ އަދި ގެދޮރުވެރިޔާގެ ސްކީމަކީ ފަހުގެ ތާރީޚެއްގައި ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢުއެވެ. މީގެތެރޭގައި ހިމެނޭ ބިންވެރިޔާ ސްކީމްގެ ދަށުން ޖޮއިންޓް އުސޫލު ހިމެނޭހެން 19639 މީހަކަށް 9001 ގޯތި ދޫކޮށްފައިވެއެވެ.

Ads by HDC
  1. އިބޫވަރެއް ނެތޭ ބުނެވެނީ މިހެންވެ.