ޚަބަރު

ފެނަކަ ބަގުރޫޓްކޮށްލި މީހުންނަށް ހައްޤު އަދަބުދޭން ޖެހޭ: އަމްރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސަރުކާރުފެ ފެނާއި ނަރުދަމާ އަދި ކަރަންޓު ކުންފުނި، ފެނަކަ ކޯޕަރޭޝަން ބަނގުރޫޓުކޮށްލި މައްސަލަ ބަލައި، ޒިންމާވަންޖެހޭ މީހުންނަށް ހައްގު އަދަބު ދޭންޖެހޭކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޢަމްރު ވިދާޅުވެއްޖެއެވެ. ޢަމްރު މިހެން ވިދާޅުވީ، ފެނަކަ ކޯޕަރޭޝަނާއި، މިފްކޯއިން ނަގާފައިވާ ލޯނަށް ސަރުކާރުން ގެރެންޓީ ދިނުމާއި ގުޅިގެންނެވެ.

Ads by Hajj Corporation

އަމްރު ވިދާޅުވީ، ފެނަކައިގެ ދަރަނި 3.5 ބިލިއަން ރުފިޔާއށް އަރާކަމަށާއި، އެއީ އާ ސަރުކާރަށް ހައްލުކުރަން އޮތް ބޮޑު މައްސަލައެއްކަމަށެވެ.

5 އަހަރު ތެރޭ ކުންފުނި ބަނގުރޫޓު ކޮއްލި މައްަަސަލަ ބެލަންޖެހޭ. ކުންފުނީގެ މައި ހިއްސާދާރާ ހިންގަން ތިބި މީހުން ޒިންމާ ވާންޖެހޭ. ހައްޤު އަދަބު ދޭންޖެހޭ.

ޙުސައިން ޢަމްރު ވިދާޅުވިއެވެ.

ޢަމްރު މިހެން ވިދާޅުވެފައިވާއިރު، ރިޔާސީ އިންތިޚާބާ ދިމާކޮށް ފެނަކައަށް އެތައް ސަތޭކަ މުވައްޒަފުންނެއް ނެގި މައްސަލަތަކެއް ފެންމަތިވެފައިވެއެވެ. ކުންފުނީގެ މާލީ ހާލަތާއި ނުބައްދަލު މިންވަރަށް ޚަރަދުތައް އިތުރުކޮށް، ބޭކާރު ޚަރަދުކުރާކަމަށް ތުހުމަތުކުރެއެވެ.

ފެނަކަ ކޯޕަރޭޝަނުން ލޯން ނަގާފައިވަނީ 5.1 ޕަސަންޓް ރޭޓުގައި 200 މިލިއަން ރުފިޔާގެ ލޯނެކެވެ. އެއީ މިއަހަރުގެ ޖޫން 20 ވަނަ ދުވަހު ނަގާފައިވާ ލޯނެކެވެ. އެ ލޯނު ދައްކަންޖެހެނީ 2026 ވަނަ އަހަރުގެ ނިޔަލަށެވެ.ސަރުކާރުން ވަނީ އެލޯނަށް ގެރެންޓީ ދީފައެވެ.

Ads by HDC
  1. ޢަބްދޫ

    ދަވްލަތުގެ ހުރިހާ ކުންފުންޏާ އޮފީސް ތައް ފާޜފޯމަންސް އޮޑިޓަކާ މެނޭޖްމަންޓް އޮޑިޓެއް ކުރަންޖެހޭ.ބޯޑުން ޒިންމާ ނަގަން ޖެހޭނެ.