Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

"ދެން"ގެ ނޫސްވެރިންގެ މުސާރައިގެ ދެބައިކުޅަ އެއްބައި ޣައްޒާއަށް ހަދިޔާ ކުރަނީ

"ދެން"ގެ ނޫސްވެރިންގެ މުސާރައިގެ ދެބައިކުޅަ އެއްބައި ޣައްޒާއަށް ހަދިޔާ ކުރަނީ
"ދެން އޮންލައިން"ގައި މަސައްކަތް ކުރާ މުވައްޒިފުންގެ މުސާރައިގެ ދެބައިކުޅަ އެއްބަޔަށްވާ ފައިސާ, ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް ހަދިޔާ ކުރަން ނިންމައިފިއެވެ. "ދެން އޮންލައިން"ގެ ސީއީއޯ މުޙައްމަދު އަރީޙް ވިދާޅުވީ, މިގޮތަށް ނިންމާފައިވަނީ ހުރިހާ މުވައްޒިފުންގެ އެދުމުގެ މަތިން ކަމަށާއި, މިފައިސާ މިމަހުގެ ފަހުކޮޅު ޣައްޒާގެ ރައްޔިތުންނަށް ހަދިޔާ ކުރާނެ ކަމަށެވެ. "މުވައްޒިފުންގެ ވެސް އެދުމުގެ މަތިން މިފައިސާ ހަދިޔާ ކުރަން ނިންމީ. މިއީ އުންމަތް އެއްބައިވަންތަ ވާންވީ ވަގުތު, އަޅުގަނޑުމެން ވެސް މިކަމުގައި މި ބައިވެރިވީ" އަރީޙް ވިދާޅުވިއެވެ. މި ފައިސާ ޣައްޒާގެ ރައްޔިތުންނަށް ހަދިޔާ ކުރާނީ މިވަގުތު ތުރުކީގައި ހުރި "ދެން އޮންލައިން"ގެ ނޫސްވެރިކު މެދުވެރިކޮށް އެ ޤައުމުގައި ހުންނަ ޣައްޒާ އެމަޖެންސީ ފަންޑަށެވެ. މި ކެންޕެއިންގައި އިތުރު ފަރާތްތައް ބައިވުރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން މިއަދުން ފެށިގެން 28 އޮކްޓޯބަރާއި ހަމައަށް "ދެން އޮންލައިން"ގެ އެކައުންޓަށް ވަންނަ ފައިސާ ޣައްޒާއަށް ހަދިޔާ ކުރެވޭނެއެވެ.
ދެން މީޑިއާ ޕްރައިވެޓް ލިމިޓެޑް - ބީއެމްއެލް
7730000329812

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް