ޚަބަރު

އައިއޭސީގެ ގުދަނަކަށް ޔަހޫދީން ހަމަލާދީ، ފުނޑުފުނޑު ކޮށްލައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ފަލަސްޠީނުގައި ޙާލުގައި ޖެހިފައިވާ މުސްލިމުންނަށް ބޭނުންވާ އިންސާނީ  އެހީތެރިކަން ފޯރުކޮށްދިނުމުގައި އަވަދިނެތި ހަރަކާތެރިވާ ރާއްޖޭގެ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ގުދަނަކަށް ހަމަލާދީ، އެ ތަން ފުނޑުފުނޑު ކޮށްލައިފިއެވެ.

Ads by STELCO

މި ހަމަލާއާއި ގުޅޭގޮތުން އައިއޭސީން ބުނީ، އެ ޖަމިއްޔާގެ ވެއަރ ހައުސް އަކަށް ސީދާ އަމާޒުކޮށް އިސްރާއީލްގެ ޔަހޫދީން ހަމަލާދީފައިވާ ކަމަށާއި މި ހަމަލާގައި ވެއަރ ހައުސް އެއްކޮށް ހަލާކުވެފައިވާ ކަމަށެވެ.

ޔަހޫދީން ވަނީ އައިއޭސީގެ އުޅަނދަކަށް ވެސް ހަމަލާދީ ބަޔަކު ޒަޚަމް ކޮށްލައިފައެވެ. މި ހަމަލާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާ ވެފައެއް ނުވެއެވެ.

ިއިޒްރޭލުގެ އަމާޒަކަށް ވި އައިއޭސީގެ ގުދަނުގައި  ހުރި ތަކެތީގެ ތެރޭގައި 2،000 ރަޖާ އާއި ވަގުތުން ކެވޭގޮތަށް ތައްޔާރު ކުރެވިފައިވާ 1،000 ޕެކު ހިމެނެއެވެ. އަދި އަންނައުނު 3000 ޕެކް ވެސް ހިމެނެއެވެ.

ޔަހޫދީންގެ ހަމަލާތަލުގައި ޝަހީދުކޮށްލި ފަލަސްޠީނުގެ ރައްޔިތުންގެ އަދަދު ވަނީ 2،000އިން މައްޗަށް އަރައިފައެވެ.

Ads by HDC
  1. ދިވެހި ޒުވާނުން

    ރާއްޖޭގައި ތިބި އިސްރާއީލު މީހުންނާއި އެމެރިކާމީހުން ހިފަހައްޓާ ރާއްޖޭގެ ގުދަންތަކަށް ލާންޖެހޭ

  2. ޔަހޫދީ އިސްރާއީލްގެ މައްޔަށް ދައުވާ ކުރަންޖެހޭ ބަދަލް ހޯދަން، ހަގުރާމައިގެ ޖަރިމާއެއްތިޔައީ އެހީވާ މީހުނަށާއި ތަކެއްޗަށް ހަމަލާ ދިނުމަކީ !