އައިއޭސީގެ ފަންޑަށް ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

ހަނގުރާމައިގެ ސަބަބުން އިންސާނީ އެހީއަށް ބޭނުންވެފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ހުޅުވައިލި ފަންޑަށް ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެ ޖަމުޢިއްޔާއިން ބުނެފިއެވެ.
އައިއޭސީއިން ރޭ ބުނީ އެ ޖަމްއިއްޔާއިން ހުޅުވައިލި ފަންޑަށް މިހާތަނަށް 7 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށާއި، މި ފައިސާއަކީ އައިއޭސީގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއާއި ފަންޑް ރެއިޒިންގ ހަރަކާތުން ލިބުނު ފައިިސާގެ ތެރެއިން މިހައިތަނަށް ގުނާފައިވާ ފައިސާ ކަމަށެވެ.
އައިއޭސީއިން ބުނީ ފަންޑު ފޮށިތަކުންނާއި އެހެން ގޮތްގޮތުން ލިބިފައި ހުރި ފައިސާ ގުނުމަށްފަހު އަދަދު ފަހުން ހާމަކުރާނެ ކަމަށެވެ.
ޔަހޫދީން ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ދެމުން އަންނަ ހަމަލާތަކުގައި މިހައިތަނަށް ދެހާހަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ.