ފާރިސް މަޖިލީހަށް ވާދަކުރައްވަނީ

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ފާރިސް މައުމޫން ނިންމަވައިފިއެވެ.
މިކަން ހާމަކުރައްވަމުން ފާރިސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެބޭފުޅާ ވާދަކުރައްވަން ނިންމަވާފައިވަނީ މައްޗަންގޮޅީ އުތުރު ދާއިރާގެ ގޮނޑިއަށް ކަމަށެވެ. އަދި މި ނިންމުން ނިންމީ ޤައުމު އިޞްލާޙު ކުރުމުގެ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ މުހިންމު ކަން ބޮޑުކަމުންކަމަށްވެސް ފާރިސް ވިދާޅުވިއެވެ.
https://twitter.com/afarismaumoon/status/1713964120733794775
އެހެންކަމުން މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ހުރިހާ ބޭފުޅުންގެ ތާއީދަށް ފާރިސްވަނީ އެދިވަޑައިގެންފައެވެ.







ކޮމެންޓް