ޚަބަރު

ޖާބިރު ގޮނޑި ދިފާޢު ކުރައްވަން ނުކުންނަވަނީ!

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އަންނަ އަހަރު ކުރީކޮޅު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަނެއްކާ ވެސް ކާށިދޫ ދާއިރާގެ ގޮނޑިއަށް ވާދަ ކުރައްވަން އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު ޖާބިރު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ަޖާބިރު މިކަން ހާމަކުރައްވައިފައި ވަނީ، ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ޖާބިރު ވިދާޅުވީ މިވަގުތު ހުންނެވީ އެމްޑީޕީގައި ކަމަށާއި އެހެންކަމުން ކާށިދޫ ދާއިރާއަށް ކުރިމަތި ލައްވާނީވެސް އެ ޕާޓީގެ ފަރާތުން ކަމަށެވެ.

ޖާބިރު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި އޭނާއާއި ވާދަކޮށްލެވޭނެވަރުގެ މީހަކު ނުހުންނާނެ ކަމަށެވެ.

އެނގިފައިވާ ގޮތުން މިފަހަރު ޖާބިރު އާއިއެކު ޕްރައިމަރީގައި ވާދަކުރައްވަނީ ކުރިންވެސް އެމަނިކުފާނާއި އެކު ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނު ބޭފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މިފަހަރުގެ އިންތިޚާބު ބާއްވާނީ އަންނަ އޭޕްރީލް މަހުގައި ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ) އިން ވަނީ މަޢުލޫމާތު ދެއްވައިފައެވެ.

Ads by HDC
  1. ކާއްޓެ

    އަހަރެމެން މިފަހަރު މިތިބީ ކަލެއަށް ވެލިކާންދޭން ރެޑީވެގެން

    • ކާށިދޫ ބޮޑުމީހާ

      ޖާބިރަކީ އެއްވެސް އަޚުލާގެއް ނެތް ބޭފުޅެއް..
      މިދާއިރާގެ ރައްޔިތުން ދެން ފުރުސަތެއް ދޭކަށް ބޭނުމެއްނޫން..
      ދެން އެހެންކަމަކާއުޅުއްވުން ރަނގަޅުވާނެ.

  2. ކ ދާެއިރާ

    ކާށިދޫ ދާެއިރާއަށް ޖާބިރުގެ ފަރާތުން ލިބުނުފައިދާއެއް ނެތެވެ އެހެންކަމުން އިތުރު ފުރުސަތެއް ދެވޭކަށް ނެތެވެ

  3. ދާއޫދު

    ޖާބިރަށްގޮނޑި ދޭނީ އަމިއްލަ އެދުމުން ފޯވެފަ ތިބޭބައެއް ނޫނީ މޮޔައިންތަކެއް