Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ރައްޔިތުންގެ މަޖިލިސް

ޕޮލިސް ބޯޑުން އެދޭ ގޮތަށް ހޯމް މިނިސްޓްރީން އަމަލު ނުކުރާ މައްސަލަ 241 ކޮމިޓީއަށް ހުށަހަައިފި

ޕޮލިސް ބޯޑުން އެދޭ ގޮތަށް ހޯމް މިނިސްޓްރީން އަމަލު ނުކުރާ މައްސަލަ 241 ކޮމިޓީއަށް ހުށަހަައިފި

ޕޮލިސް ބޯޑުން އެދޭ ގޮތަށް ހޯމް މިނިސްޓްރީން އަމަލު ކުރަމުން ނުދާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅައިފިއެވެ.

އެގޮތުން މިކަން ހާމަކޮށް އިއްޔެ ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ދިވެހި ފުލުހުންގެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާބެހޭ ގޮތުން ޕޮލިސް ބޯޑުން ކޮމިޓީއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

ޕޮލިސް ބޯޑުގެ މައިގަނޑު ޝަކުވާއަކީ އެ ބޯޑުން އެދޭ ކަންކަން ހޯމް މިނިސްޓްރީން ކުރަމުން ނުދިއުން ކަމަށް އަސްލަމް ވަނީ ފާހަގަކުރައްވާފައެވެ.

Advertisement
Allied — Dhen Online (box)

މިގޮތުން އެ މައްސަލައިގައި ޕޮލިސް ބޯޑުގެ ބޭފުޅުންނާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާ ވަކިވަކިން ބައްދަލުކޮށް މަޝްވަރާކޮށް މަޢުލޫމާތު ހޯދާފައިވާ ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އަސްލަމް ވިދާޅުވީ އެ ފަރާތްތަކުން ލިބުނު މައުލޫމާތުގެ އަލީގައި ކަމާބެހޭ ކަރުދާހެއް މިހާރު އެކުލަވާލާފައިވާ ކަމަށާއި އެ ފަރާތްތަކުން ލިބިފައިވާ މައުލޫމާތުގެ އަލީގައި އެ މައްސަލައަށް ގޮތެއް ނިންމާނީ އެ ތިން ފަރާތާ އެއްކޮށް ބައްދަލުކޮށް މައްސަލަތަކާމެދު ވާހަކަދެއްކުމަށްފަހުގައި ކަމަށެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ ކުރިއަށް އޮތް ހަފުތާތަކުގައި އެ ތިން ފަރާތް އެއްކޮށް ކޮމިޓީއަށް ހާޒިރުކޮށް އެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް