ޚަބަރު

އިޒްރޭލުގެ މީހުން ރާއްޖެ ނައުމަށް އަންގައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖެ އިން ފަލަސްތީނަށް ތާއީދުކޮށް، ދިވެހިން ތިބީ އެ ގައުމާ އެކު ކަމަށް ހާމަކުރަމުން އަންނާތީ، އިޒްރޭލުގެ މީހުން ރާއްޖެއަށް ދަތުރު ނުކުރުމަށް އެ ޤައުމުގެ ފޮރިން މިނިސްޓްރީން އަންގައިފިއެވެ.

Ads by Sosun Fihaara

އިޒްރޭލުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ގައުމާ ދެކޮޅު ހަރަކާތްތައް ރާއްޖޭގައި ވަރުގަދަވަމުން އަންނަ ކަމަށާއި މި ދަނޑިވަޅުގައި އިޒްރޭލުގެ މީހުން ރާއްޖެ އަށް ދަތުރު ނުކުރުމަށް އަންގާ ކަމަށެވެ.

އިސްރާއިލުގެ ރައްޔިތުން ރާއްޖެ ނާންނަން އަންގާފައިވާއިރު އިސްރާއީލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ދިވެހިންގެ ފަރާތުން ފައިސާގެ އެހީތެރިކަން ވެސް ދަނީ ފޯރުކޮށްދެމުންނެވެ.

އިސްރާޢީލުން ފަލަސްދީނަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ވަނީ ފަންޑެއް ހުޅުވާފައެވެ. މީގެ އިތުރުންވެސް ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ހޯދުމަށް ތަފާތު އެކި ހަރަކާތްތައްވެސް އެ ޖަމާއަތުން ދަނީ ހިންގަމުންނެވެ.

Ads by Allied Insurance
  1. ފަތުރުވެރި ނަޔަސް އަޅުގަޑުމެން އުޅޭނަން، ކޮވިޑް ދުވަސްވަރުވެސް ފަތުރުވެރިން ނާދޭ އަޅުގަޑުމެން ކައިބޮއިގެން އުޅުނީ ﷲ ގެރަހުމަތުން، ރިޒުޤު ދެއްވަނީ ﷲ !