ޚަބަރު

ފަލަސްޠީނަށް ފުރިހަމަ މިނިވަންކަން ލިބެންދެން ދިވެހީން ތިބީ އެ ޤައުމާއިއެކު: ޝަހީމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ފަލަސްޠީނަށް ފުރިހަމަ މިނިވަންކަން ލިބެންދެން، ދިވެހީން ތިބޭނީ އެ ޤައުމާއި އެކުގައި ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޑރ. ޝަހީމް އަރަބި ބަހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ތިބުމާއި، އެ ގައުމުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަށް ދައްކައި އަލް އަގްސާ މިސްކިތް ދިފާއުކުރުމަކީ ވޭދުވެދިޔަ 70 އަހަރު ރާއްޖެއާއި ދިވެހީންގެ ސިޔާސާތުކަމަށެވެ.

" އެ ގައުމުގެ މިނިވަންވުމާ ހަމައަށް ދިވެހިން ވާނީ ފަލަސްތީނާއެކު." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވަނީ ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރް އަރަފާތު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް ވެސް ހިއްސާކޮށްފައެވެ.

އިސްރާއީލްގެ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް 4،137 މީހުން ޝަހީދުވެފައިވާ އިރު، އޭގެ ތެރޭގައި ހާހަކަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

Ads by Ooredoo
  1. އަބްދުލް ރަހީމް

    ކީއްވެ ހަމައެކަނި އެމީހުނަށް މިނިވަންކަން ލިބެންދެން އެމީހުނާއެކު ތިބެންވީ. އަބަދަށްވެސް ތިބެންވާނެ. ޝަހީމު ތިގޮތަށްހުރޭ. ދިވެހިން ހަމަ އަބަދުވެސް މިނިވަންވިޔަސް ނުވިޔަސް އިސްލާމުންނާއެކު ތިބޭނރ