ޚަބަރު

ރައީސް ނަޝީދު މަޤާމުން ވަކިކުރުމުގެ ކަންކަން ކުރަނީ ގަވާއިދާ ޚިލާފަށް: އަލީ އާޒިމް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގައި ރައީސް، ރައީސް މުޙައްމަދު ނަޝީދު މަޤާމުން ވަކިކުރުމުގެ ކަންކަން ކުރިއަށް ގެންދަނީ ގަވާއިދާއި ޚިލާފަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އާޒިމް މިހެން ވިދާޅުވެފައިވަނީ ރައީސް ނަޝީދު މަޤާމުން ވަކި ކުރުމަށް ހުށަހަޅާފައި އޮތް މައްސަލަ އަންނަ އާދީއްތަ ދުވަހު ހިންގުމަށް މަޖިލީހުން އެޖެންޑާކުރުމާއި ގުޅިގެންނެވެ. އެގޮތުން، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސްދީ މައްސަލަ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާކޮށް އެކަން މެންބަރުންނަށް މިހާރު ވަނީ އަންގާފައެވެ.

ރައީސް ނަޝީދު މަޤާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައިވަނީ ގަވާއިދާއި ޚިލާފަށްކަމަށް ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ އެގޮތަށް ކަންކަން ނުކުރެއްވޭނެކަމަށެވެ.

"ތިކަން ތިޔަކުރީ ގަވާއިދާ ހިލާފަށް. ތިބާވަތުގެ ކަންކަމެއް ކުޅޭކުޅޭ ކުޅިވަރުތަކެއްގެ ގޮތުގައެއް ނުހެދޭނެ. އިއްޔެ އިތުބާރު ނެތް، ޖެހިގެން އައި ހަފްތާގައި އިތުބާރު އޮތް، އަނެއް ހަފްތާގައި އިތުބާރު ނެތް!!! ތިކަމެއް ތިގޮތަކަސް ނުވާނެ!" އާޒިމް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މީގެ ކުރިންވެސް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއް ވަގުތެއްގައި ވައްދާފައި އޮތުމުން އެ މައްސަލަ އެޖެންޑާނުކޮށް ބޭއްވުމަށްފަހު، އެ މައްސަލަ ފަހުން ވަނީ އަނބުރާ ނަގާފައެވެ.

މަޖިލީހުގެ ރައީސް މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަޤާމުން ވަކިކުރަން ހުށައެޅޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާއިއެކުއެވެ. އެއީ މިހާރު މަޖިލީހުގައި ތިއްބަވާ 87 މެންބަރުންގެ ތެރެއިން 22 މެންބަރުންގެ ސޮއެެވެ.

Ads by Ooredoo
  1. އަބްދޫ

    އެއާޕޯޓް ވިއްކާލިތަނުން އެއްމިލިއަން ޑޮލަރު ލިބުނީ ގާވާއިދާ އެއްގޮތަށްތަ؟