ޚަބަރު

ފިލްމީ ދުނިޔެއިން ބްރޭކެއް ނަގައި، ސީޒަން ވެސް މަޖިލީހަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރާއްޖޭގައި ނަން މަޝްހޫރު އެކްޓަރު، އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ވާދަ ކުރަން ނިންމައިފިއެވެ.

Ads by Hajj Corporation

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި އޭނާ ވަނީ، ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ޑރ.މުޙައްމަދު މުޢިއްޒުއަށް ތާއީދުކޮށް ކެމްޕެއިނުގައި ވެސް އުޅެފައެވެ.

އޮންލައިން ނޫސް "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ސީޒަން ބުނީ، ފިލްމީ އިންޑަސްޓްރީއިން ބްރޭކް ނެގީ މަޖިލީހަށް ކުރިމަތި ލާތީ ކަމަށާއި މިގޮތުން ޕީޕީއެމް / ޕީއެންސީގެ ޓިކެޓުގައި ތުލުސްދޫ ދާއިރާއަށް ކުރިމަތިލާން ނިންމާފައިވާ ކަމަށެވެ.

ސީޒަން އިތުރަށް ބުނީ، ފިލްމީ ދާއިރާގައި ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވަނީ ރަށްފުށުގައި ކަމަށެވެ. އަދި  ރަށްތަކުގެ މީހުންނާ އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށެވެ.

ރަށް ފުށުގައި މުޅި އުމުރުވެސް މި ހޭދަވީ، އަޅުގަނޑާ ވަރަށް ކަނެކްޝަން ބޮޑުވާނެ ރަށްފުށުގެ ބޭފުޅުންނާއި އަތޮޅުތަކުގެ ބޭފުޅުންނާ، އެހެން ދިއުމުގެ ތެރޭގައި ވަރަށް ގިނަ އަހަރު ވެއްޖެ މި ވާހަކަތައް ދެކެވޭތާ، އެބޭފުޅުންނާއި ރަށްރަށުގެ ބޭފުޅުންނާ އަޅުގަނޑާ، މަޖިލީހަށް ކީއްވެގެންހޭ ނުލަނީ، މަޖިލީހަށް ލައިގެން އަޅުގަނޑުމެންނަށް މަޖިލިސް ތެރެއިން ހިދުމަތްކޮށްދޭން ވިސްނުން ނުހުންނަނީތޯ" ސީޒަން ބުނެފައިވެއެވެ.

 

ސީޒަން ދިވެހި ފިލްމު އިންޑަސްޓްރީ އިން ބްރޭކެއް ނަގަން ނިންމިކަން މީގެ ކުރިން ހާމަ ކުރިއިރު، އެއީ މަޖިލިސް އިންތިޚާބުގައި ވާދަ ކުރުމަށް ކަމެއް އޭރު ބުނެފައެއް ނުވެއެވެ.

މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސާ މަނިކު(ރީކޯ) މޫސަ އަކީ ވެސް ފިލްމީ ދާއިރާއިން މަގުބޫލުކަން ހޯދުމަށް ފަހު މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވި ފަރާތެކެވެ. ސީޒަން ބުނީ، އޭނާއަށް ވެސް ކާމިޔާބުވާނެ ކަމަށެވެ.

 

Ads by Ooredoo
  1. ތިލަކަ ވަޑިނަޔަކަ

    ލަންކާގެ ކޮންމެސްދާޢިރާއަކަށް ނުކުންނަންފެނޭ…ރާއްޖޭގަތީ ހައްޕުނޑު

  2. ރައްޔިތެއް

    އާނ! ރަނގަޅުވާނެ.!އެއީ ހަމަ ފިލްމު ކުޅޭތަނެއް!ކޮންމެހެން ޤާނޫނު އެނގޭބަޔަކު ހޮވާނެ ކަމެއްނެތް! ފިލްމު ކުޅޭ މީހުންނާ .މަސާޖުކުރާ މީހުންނާ. ރޭޕިސްޓުންނާ. އެއްޖިންސުން ގުޅުން ހިންގާ މީހުންނާ. މަސްތުވާތަކެތި ވިއްކާ ބޭނުންކުރާމީހުންނާ. ރާބޮއި ޒިނޭކުރާމީހުންނާ. ޕާޓޭންނާ…….. . އެތަނަށް ރަނގަޫވާނީ! ޤައުމެއްވާނެތް!

  3. ރައްޔިތެއް

    ސީޒަން އާއެކު ނިޢުމާވެސް ވާނެ މަޖިލިހަށް ހޮވަން. އޭރުންދޯ މަޖިލިސް ކުރިއަށް ގެންދެވޭނީ. އަނެއްކާ ޙައްދު ޖަހާ ވަރަށް ކުރިއަށް ނުގެންދައްޗޭ. އޭރުން އަނެއްކާ ޙައްދު ޖަހަންޖެހިދާނެ!

  4. ބަދަވި

    ތިޔަކީ ޒިނޭގެ މައްސަލައެއްގަ ހައްދު ޖަހާފަހުރި މީހެއް ތިވަރުގެ މީިހުން މަޖިލީހަށް ކުރިމަތިލަނީތި ލަދެއްވެސް ހަމަ ނުގަންނަނީތޯ؟ ތިވަރުގެ މީހަކަށް އަހަރެން ވޯޓެއް ނުދޭނަން