ޚަބަރު

ޝަހީދުގެ ހަމްދަރުދީ އިޒްރޭލަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ފަލަސްތީނާއިއެކު ތިބިކަން ދިވެހީން ހާމަ ކުރަމުންދަނިކޮށް، ރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު، އަނިޔާވެރި ޔަހޫދީ އިސްރާއިލަށް ތާއިދުކުރާކަން ދައްކައިފިއެވެ.

Ads by STELCO

މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއެއްގައި ޝަހީދު ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތަކީ ނިރުބަވެރި ޖަމާއަތެއްގެ ގޮތުގައި ސިފަ ކޮށްފައެވެ.

އޭނާ މިހެން ބުނާ ވީޑިއޯއެއް އާއްމުކޮށްފައިވަނީ އެކްސްގައެވެ.
ފާޑުކިޔުންތަކާ ހެދި، އެ ވީޑިއޯ މިހާރު ޑިލީޓްކޮށްލާފައި ވީނަމަވެސް ބައެއް މީސްމީޑިއާ ޕްލެޓްފޯމުތަކުގައި އެ ވީޑިއޯ ދަނީ ދައުރުވަމުންނެވެ.

އެ ވީޑިއޯގައި ޑރ. ޝަހީދު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޔަހޫދީންނާ ދެކޮޅަށް ހިންގާ ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅަށް މިވީ ހަ ވަރަކަށް އަހަރު އޭނާ މަސައްކަތްކޮށްފައިވާ ކަމަށާއިޑ ސްރާއީލުގެ ޔަހޫދީން މިހާރު ތަހައްމަލު ކުރަމުންދާ ތަޖުރިބާތައް އިހުސާސް ވެސް ކޮށްލަން ދަތި ކަމަށް ބުނެފައެވެ.

އަދި ހާއްސަކޮށް ޔަހޫދީންގެ ތެރެއިން މުޅި އާއިލާ އެއްކޮށް ގެއްލުނު ފަރާތްތަކަށް ބަލާއިރު ހާހަކަށްވުރެ ގިނަ ކަމަށާއި، އެއީ ބަލައިގަނަވޭނެ ކަމެއް ނޫން ކަމަށްވެސް ވަނީ ބުނެފައެވެ.

ޝަހީދު ޔަހޫދީންނާއިއެކުގައިވާ ކަމަށް ބުނިއިރު، އިޒްރޭލުން ވަނީ މިހައިތަނަށް 4،000އަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ޝަހީދު ކޮށްލާފައެވެ. އިޒްރޭލުގެ އަނިޔާވެރިކަން އެތައް ބަޔަކު ދަނީ ކުށްވެރިކުރަމުންނެވެ.

Ads by HDC
  1. ބޮޑުބެ

    މިޝައިތާނުއުޅެނީކޮންތާކު؟
    މިރާްޖޭގަތަ؟

  2. ތިކަލޭގެ މިތާނު ަހައްޓާ.އިޒުރޭލަެް.ފޮނުވާލާ މުސްލިމުންގެ މައްޗައް ޒައްރެއްގެމިންވަރުވެސް ނެއްމިމީހާގެ ހިތުގާ މުސްލިމުންގެމައްޗައްހާދަނަފުރަތެއް.އެހެއްނުވާނީ.އެމީހުންއުޅޭގޮތަެްވިއްޔާއުޅެނީ އުޅެއްބޭނުއްވަނީވެސް

  3. އެލަސަން

    މުލިމެއްކަން ބޭރުފުށުން ދައްކައިގެން އެތެރެފުއް ހަރުބީ ކާފަރެއް މީނަމީީ މިއ ދެންމިއާލާތުންނަށް ކޮން ކަމެއް ކުރެވޭނީ

  4. ދޮށީބޭ

    ކޮންމެވެސް އެއްޗަކާދޭތެރެ ހަމްދަރުދީ އެއްވެސް އޮންނަންވާނެތާ!

  5. ކަނީސާ

    މީނާއަކީ އިސްލާމްދީނުގެ އަދުއްވެއް އިސްލާމްދީން ގަބޫލުކުރާނަމަ ޔަހޫދީން ނަކަށް ތާއީދެއް ނުކުރީސް

  6. މޯޑު

    ޔަހޫދީން ވާނިހަމަޔަހޫދީނަށް މުސްލިމުންތެރޭގަވެސްޔަހޫދީން އުޅެއެ

  7. އަލިބެއްޔާ

    މިމީހުން ދިވެހިންނަށް ވީތީވެސް ލަދުގަނެއެވެ. އިޒްރޭލް ޕާސްޕޯރޓް ހޯދައިގެން ތިކޮޅުގައި އުޅޭށެވެ.

  8. މުސްލިމުންނަށް ވަމޖންދަ އަނިޔާގައި ދެރަވެ އެ ޖަޒުބާތުގައި ނަމަވެސް ބާޠިލެއް ޙައްޤަކަށް ނުވާނެއެވެ.

    ހަމާސް އިން އެކުރަ ކަމަކީ އެއީ ޝަރުއީ ޖިހާދަށް ހެދޭނެ އެއްގޮތެއްވެސް ނެތެވެ. އާރާއި ބާރާއި ހަތިޔާރުވެ ގޮތުން ބެލިކަމުގައިވިޔަސް މިސްލިމުންނަށްވުރެ އެއަތއް ގުނައެްް ވަރުގަދަ ޔަހޫދީންފަދަ ކާފަރުންނާ ހަނގުރާމަ ފެށުމުގެ ކުރިން ވިސްނާލަން ޖެހއެވެ.
    ކަމާނުގުޅޭ އާންމު މުސްލިމުން އަދެލުއްވުންގެ ހަމަލާތަކުގެ ޝިކާރައަކަށްވެސް މަރުވެ ހުސްވާން ކާގަ ދީގެން ހަނގުރާމަކުރުމަކީ އިސްލާމްދީން ދަންނަ ކަމެއް ނޫނެވެ.
    ހަނގުރާމަ ފަށަންވާނީ މުސްލިމުންނަށް ވީހަވެސް ގެއްލުން ކުޑަކޮށް އެކަން ނިމޭނެ ގޮތަކަށް ރަނގަޅަށް ތައްޔާރު ކާފަރުންގެ މައްޗަށް ކާމިޔާބު ވާނޭ މަގު ފުރިހަމައަށް ކޮށައިގެންނެވެ.
    މިހާރު މިވާގޮތުން އާންމު ގަންތަނަށާއު އަންމު މީހުންނަށް ކިހަ ގެއްލުން ހެއްޔެވެ. އެބާރު ނެތްނަމަ އެބާރު ދެއްވަންދެއް އެކަމަށް މަސައްކަތް ކުރާޙާލު އެއަނިޔާތަކުގެ މައއްޗަށް ކެތްކޮށްގެން އަދި 50 އަހަރުވަންދެމް ތިއްބަސް 20 ވަރަކަށް ދިވަހު ފަލަސްތީނުގެ ރައްޔިތުންނަށް އެލިނު ގެއްލުމެއް ނުލިވޭނެއެވެ. ފލަސްޠީނުގެ ރައްޔިތުން މަފުވެ ހުސްވޮޔަސް ހަމާސް އަކަށް ކޮންކަމެއް ހެއްޔޭ ބުނާކަހަލަ ނޫންހެއްޔެވެ؟

  9. މޫސާ މުހައް މަދު

    ސަހީދައް ނުފެންނަ މީހެއް ކަން އަލުގަނދައް އެގިއްޖެ އަސަހީދަކީ މުސލިމުންނައް އިސްރާއީލ މީހުން ކުރާ އަނިޔާ ނުފެންނަ ނީމުސްލިމުންނައް ވުރެ ކާފަރުން ނައް ތާއީދު ކުރަން ބޭނުން ވާމީހެއްކަން މިފަދަ މީހަކައް ދިވެހިންގެ ތާެއީދެއް އޮވެގެން ނުވާނެ މިއީދިވެސް ސެއްބާ މަގޭހިތައް އަރާ؟

  10. ރައްޔިތެއް

    ތިޔައީ ދީނުންބޭރުވެފައި ހުރި މީހެއް. ތީނަ ދައްކާވާހަކަ މި އުޑުދަށުގައި ދަެއްކަން ހެޔޮނުވާނެ!

  11. ޑޮކް

    ވަޒިފާގަނޑެއްގެ އެދުމުގައި އިސްލާމްދީން ވިއްކައިލި މީހާއަށް އަހަރުމެން އެދެނީ ޖަހަނަމައިގެ އެންމެ ފުނެވެ.

  12. މަޓޭ

    މީނަޔާއި މީނަގެ އާއިލާ މިރާއްޖެއިންބޭުކުރޭ

  13. ޑިމޮކްރަސީ

    މިއީ އިޒްރޭލްގެ ވާގިވެރިއެއް މިކަލޭގެ ރާއްޖޭގެ ރައްވެއްސަކަށްވެ މުސްލިމ،ެކޭ ކިޔާތީވެސް ހިތާމަކުރަން މިކަހަލަ މީހުން ރަގަޅުވާނި ޔަހޫދިންނާ އެކު އުޅުން

  14. ޑިމޮކްރަސީ

    މިއީ ޔަހޫދީންގެ ބައިވެރި އެއް މިކަލޭގެ ހިފާ ހައްޔަރުކުރޭ ނޫނީ އިޒްރޭލް ގެ ޔަހޫދީން ކައިރިއަށް ޑީޕޯޓްކޮށްލާ ކަލޭ ރާއްޖެ އަންނަން ނުވިސްނާތި އެއީ ކަލެ އަކީ ޔަހޫދީންގެ ބައިވެރިއެއްކަން ހަދާންކުރާތިދިވެހި ސަރުކާރުން މީނައަށް ހިމާޔަތެއްދީ ވަޒީފާ އެއްދީފި ނަމަ ދިވެހިން މަޑުން ނުތިބޭނެކަން ހަދާންކުރާތި