ޚަބަރު

އައްޑޫ ސިޓީގައި 150 ކޮޓަރީގެ ޓޫރިސްޓް ހޮޓަލެއް ތަރައްޤީ ކުރަނީ

ޙައްވާ އިނާޝާ ، ދެން އޮންލައިން

އައްޑޫސިޓީގައި ޔޮޓް މެރީނާ އަދި ކްރޫޒް ޓާމިނަލަކާއެކު 150 ކޮޓަރީގެ ޓޫރިސްޓް ހޮޓަލެއް ތަރައްޤީ ކުރުމަށް އެއެބަސްވުމުގައި ސޮއި ކޮށްފިއެވެ.

Ads by Hajj Corporation

މިއީ 350 މިލިއަން ޑޮލަރަށް އިންޓަރނޭޝަނަލް ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، އައި.ސީ.އެމް.ޕީ.އެލްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ވަނީ އައި.ސީ.އެމް.ޕީ.އެލްއާ އެކު މި އެގްރީމެންޓުގައި ސޮއި ކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރަން ހަމަޖެހިފައިވާ ޔޮޓް މެރީނާ ތަރައްޤީކުރާނީ އައްޑޫސިޓީ ގަމާއި ފޭދޫ ގުޅޭ ކޯޒްވޭ ސަރަޙައްދުގައެވެ.

ޔޮޓް މެރީނާ އަދި ކްރޫޒް ޓާމިނަލަކާއެކު 150 ކޮޓަރީގެ ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމަށް ހަމަޖެހިފައި ވަނީ އައްޑޫ ސިޓީ ފޭދޫގެ ކުރީގެ ރަސްމީ ބޯޅަދަނޑު ސަރަޙައްދުގައެވެ.

މި މަޝްރޫޢު އައި.ސީ.އެމް.ޕީ.އެލްއާ ޙަވާލުކޮށްފައި ވަނީ 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

  1. ޢަބްދޫ

    މިހާރުވެސް ހެރެތެރެ ނުހިނގެ ވިލިގިލި ނުހިނގޭ ަނނަަނެ ބަޔަކު ނުވޭ ބީޗެއްނެތް ރީތި މޫދެއްނެތް އަނެއްކާ ބޭކާރު އަނެއް ހަރަދު