Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ދިވެހި ބަހުގެ އެކެޑަމީގެ “އަސްކަނި މައުރަޒު” ފަށައިފި

ދިވެހި ބަހުގެ އެކެޑަމީގެ “އަސްކަނި މައުރަޒު” ފަށައިފި
ދިވެހި ބަހުގެ އެކެޑަމީގެ "އަސްކަނި މައުރަޒު 2023" މިއަދު ފަށައިފިއެވެ. މި މައުރަޒު ހުޅުއްވައި ދެއްވީ، ދިވެހިބަހުގެ އެކެޑަމީގެ ޚާއްސަ މުޝީރު މުޙައްމަދު ވަޙީދު (މަޑުލު) އެވެ.

މި މައުރުޒު ކުރިއަށް ދާނީ މިއަދުގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:30 އާ ހަމައަށް ދިވެހި ބަހުގެ އެކެޑަމީގައެވެ.

ދިވެހިބަހުގެ އެކެޑަމީން ލިބެންހުރި ފޮތްތަކަށް ޚާއްސަކޮށް ބާއްވާ މި މައުޒަރުގައި ކުޑަކުދީންނާ ގުޅޭ ފޮތްތަކާއި، ތާރީޚީ، އަދަބީ ފޮތްތަކާއި ވާހަކަ، ނާވިލު އަދި ތަފާތު މައުލޫމާތުތައް ލިބޭ ފޮތްތައް ލިބެން ހުންނާނެއެވެ. ދިވެހި ބަހުގެ އެކެޑެމީން މަޢުލޫމާތުދޭ ގޮތުގައި މި ފޮތް މައުރަޒުގައި އާންމުކޮށް ފޮތްތައް ލިބެން ހުންނަ އަގަށްވުރެ ހެޔޮކޮށް ލިބެން ހުންނާނެއެވެ. މި މައުރަޒުގައި ލިބެން ހުރި ގިނަ ފޮތްތަކަކީ، މިހާރު ހުސްވެފައި ހުރުމުން އަލުން ޗާޕު ކޮށްގެން މައުރަޒަށް ނެރެފައިވާ ފޮތްތަކެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް