މަސް ހިފަން އެރި އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހި ނިޔާވެއްޖެ

ގއ. ކަނޑުހުޅުދޫ ކައިރިން މަސް ހިފަން އެރި އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ދަގަނޑު ޖަހައިގެން މަސް ހިފަން މޫދަށް އެރި އުޅުނު މީހެއްގެ ގައިގައި ގއ. ގެމަނަފުއްޓަށް ވަންނަން އައި ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި ހާދިސާގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ 45 އަހަރުގެ ފިރިހެނެއް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ ބްލޫ ޑައިމަންޑް، ގއ. ކަނޑުހުޅުދޫ އަލީ ލުތުފީއެވެ.
ނެރުތެރެއައްވިޔަސް އުރަފަށައްމަސްހިފަންފޭބިޔަސް މަސްހިފަންފޭބިމީހާގެ އުަގަނޑުގަހިމަވަލެއްއައްސާފަ އަނެއްކޮޅުގަރަތްބޮއެއްއައްސާފަ މަސްހިފަންއެރިއުޅެންބުއްދިވެރިގޮތެއްކަމައްފެނެއެވެ ބޭބެމެންގެރަންޒަމާނުގަވެސްކަންތައްކުރީއެގޮތަށެވެ މިހާރމި ީގޮތް މާދެރައެއްނު