ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން އެއްޖަމާޢަތެއްގައި ފަތިސް ނަމާދު ކޮށްފި
 
                                                        ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން އެއް ޖަމާޢަތެއްގައި ފަތިސް ނަމާދުކޮށްފިއެވެ.
މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގައި މިއަދު ކުރެވުނު ފަތިސް ނަމާދުގެ ޖަމާޢަތުގައި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުންގެ އިތުރުން ގިނަ އަދަދެއްގެ ސިފައިންނާއި އާންމުންވަނީ ބައިވެރިވެފައެވެ.

ނަމާދަށް ފަހު ނަޞްރުގެ ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއް ކޮށްފައިވެއެވެ. ހަމައެއާއެކު، ސިފައިންގެ ހުރިހާ އޭރިއާ ކޮމާންޑުތަކެއްގައިވެސް ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެއް ޖަމާޢަތެއްގައި ފަތިސް ނަމާދުކޮށްފައިވާކަން ފާހަގަކުރެވެއެވެ.
                            
                         
Ads by Ooredoo
 
  
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
