ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް ސިފައިން ފަށައިފި

ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން ފެންހިއްކުން އަވަސްކުރުމަށް އެހީތެރިވުމުގެ ގޮތުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ޕަންޕު ބޭނުންކޮށްގެން ފެން ހިއްކަށް ފަށައިިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު މާލެ ސިޓީއަށް ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ދަނީ މިއަދު ހެނދުނު 9:40 ހާއިރުން ފެށިގެން އައިޖީއެމް ހޮސްޕިޓަލް ސަރަހައްދުގައި ޕަންޕު ބޭނުންކޮށްގެންވެސް ފެން ހިއްކުމުގެ މަސައްކަތް ކުރަމުންކަމަށެވެ.

މޫސުން ގޯސްވެ މެދުރާއްޖެ ތެރެއަށް ރީނދޫ ސަމާލުވެސް ނެރެފައިވާ ދަނޑިވަޅުގައި ރާއްޖޭގެ އެކި ރަށްތަކަށްވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާކަމަށް މަޢުލޫމާތުލިބެއެވެ.
މެޓް އޮފީހުން ބ. އަތޮޅުން ފެށިގެން ގޮސް ވ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 9:25 އިން ފެށިގެން މެންދުރުފަހު 12:00 އާއި ހަމައަށްކަމަށާއި، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާ ބައެއް ރަށްތަކަށް ބޯކޮށް ވާރެ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.