ފްލެޓްތަކަކީ ސަރުކާރުގެ ސީދާ ނުފޫޒާއި އެކު ކަޅު ފައިސާގައި ޖެހިގެން ވަކި ބަޔަކަށް ބަހާފައި ހުރި އެއްޗެއް: ސައުދު
ގެދޮރުވެރިޔާ ސްކީމުން މާލެ ސަރަހައްދުން ފުލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ދާއިމީ ލިސްޓަކީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމްގެ ސީދާ ނުފޫޒާއެކު ވަކި ބަޔަކަށް ފްލެޓް ބަހާފައިވާ ލިސްޓެއްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސައުދުﷲ އަޙުމަދު ވިދާޅުވެއްޖެއެވެ.
ސައުދުﷲ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވެފައިވަނީ، ގެދޮރުވެރިޔާ ސްކީމުން މާލެ ސަރަހައްދުން ފުލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ދާއިމީ ލިސްޓު އިއްޔެ އާންމުކުރުމާއި ގުޅިގެންނެވެ.
"މި ނެރުނު ލިސްޓަކީ އަކްރަމްކަމާލުއްދީން އަދި މިނިސްޓަރު އަސްލަމް ސީދާ ނުފޫޒާއެކު ކަޅު ފައިސާ ޖެހިގެން ވަކި ބަޔަަކަށް ފްލެޓް ބަހާފައި އިން ލިސްޓެއް" ސައުދުﷲ ވިދާޅުވިއެވެ.
އަދި މިއީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަޙްޤީގްކުރަން ޖެހޭ މައްސަލައެއްކަން ފާހަގަކުރައްވަމުން ސައުދުﷲ ވިދާޅުވީ ފްލެޓް ދިން އިރު ޕޮއިންޓް ދޭ އުޞޫލެއް ނެތި ޕޮއިންޓް ދިނީ ކިހިނެއްތޯ ސުވާލު އުފެދޭ ކަމަށާއި މިއީ ބޮޑު ޖަރީމާއެއްކަމަށެވެ.
ތެދުފުޅެއްްް ހަތް ދަރިން…ތިބިފަ.މިދަރިންގޮވައިގެން
އަބަދުއުޅެންޖެހެނީކުލީތަންތާގަ.30އަހަރަށްވުރެގިނަދުވަސްމާލޭގައުޅޭތާމިހާލުގަ.ނަމަވެސް.ށަރުތު ހަމަވޭ ޕޮއިންޓް ހަމަނުވޭޭ.މީތޯއުސޫލަކީ