ޚަބަރު

އަމީނީ މަގު ސަރަހައްދުން މިރޭ ހަ ގަޑިއިރަށް ފެން ކަނޑައިލަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އަމީނީ މަގުގެ ތާރު އެޅި ސަރަހައްދުގައި ފެން ހޮޅިތަކުގެ މަސައްކަތެއް ކުރުމަށްޓަކައި އެ ސަރަހައްދުން ހަ ގަޑިއިރަށް ފެން ކަމަށް، އެމްޑަބްލިއުއެސްސީން ބުނެފިއެވެ.

Ads by STELCO

މިކަން ހާމަކޮށް އެމްޑަބްލިއުއެސްސީން ބުނީ، "މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"ގެ ދަށުން އަމީނީ މަގުގައި ކުރިން އަޅާފައިވާ ފެން ހޮޅި އާއި މިހާރު އަލަށް އަޅާފައިވާ ފެން ހޮޅި ގުޅާލުމުގެ މަސައްކަތް މިރޭ ކުރާނެ ކަމަށާއި، އެ މަސައްކަތް ކުރާ ސަރަހައްދަކީ އަމީނީ މަގުގައި މުނި ހޯމް ކެއާ ފަރުނީޗަރު ހުންނަ ސަރައްހައްދެވެ.

އެހެންކަމުން، ރިޔާސީ ހިނގުމާއި އިއްޒުއްދީން ހިނގުމާއި ދެމެދުން އަމީނީ މަގުގައި ހިމެނޭ ގޭބިސީތަކުން މިރޭ 11 އިން ފެށިގެން ފަތިހު 5 އަށް ފެން ކެނޑޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޒަމާނީ ފެންވަރަކަށް އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތާ މިދިޔަ އަހަރުގެ ޖުލައި މަހު ހަވާލުވެ، އާރުޑީސީން އެ މަޝްރޫޢު ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 12 ގައެވެ.

އެ މަސައްކަތް ފަށާފައި ވަނީ 210 ދުވަހުގެ ތެރޭގައި އަމީނީ މަގު ތަރައްގީކޮށް ނިންމާލާ ގޮތަށެވެ.

84 މިލިއަން ރުފިޔާ އަށް ޕްލޭނިން މިނިސްޓްރީން އާރުޑީސީ އާ އެ މަސައްކަތް ހަވާލުކުރީ 39 މިލިއަން ރުފިޔާ އަށް މާލެ  ސިޓީ ކައުންސިލުން އަމީނީ މަގު ހަދައިދޭނެ ކަމަށް ބުނެފައި ވަނިކޮށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!