ޕެންޝަން އެޑްމިނިސްޓްރޭޝަނުން، 10،118.07 އަކަފޫޓުގެ ބިމެއް ހުޅުމާލެއިން ގަނެފި

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން، 10،118.07 އަކަފޫޓުގެ ބިމެއް ހުޅުމާލެއިން ގަނެފިއެވެ.
ޕެންޝަން އޮފީހުން އެ ބިމަށްވާ 37،538،039 ރުފިޔާ ދައްކާ ޚަލާސް ކޮށްފައެވެ.
އާބަންކޯ އިން ވަނީ އެ ބިން ޕެންޝަން އޮފީހަށް ވިއްކާލުމުގެ ކުރިން، އެ ބިމުގެ މިލްކުވެރިން އެހެން މީހަކަށް ލިބިފައިވޭތޯ ބެލުމަށް އިއުލާނުކޮށްފައެެވެ.
އެހެން ކަމުން، އާބަންކޯ އިން ބިމުގެ ރަޖިސްޓްރީ، ޕެންޝަން އޮފީހުގެ ނަމަށް ބަދަލުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައިގައި ސިވިލް ކޯޓުން ބުނީ ޕެންޝަން އޮފީހުން، ބިމުގެ އަގަށްވާ ފައިސާ ދައްކާފައިވާކަން އާބަންކޯ އިން ބިމުގެ ރަޖިސްޓްރީ، ޕެންޝަން އޮފީހުގެ ނަމަށް ބަދަލުކޮށްދިނުމަށް އެ ކޯޓަށް ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވާ ކަމަށެވެ.
ހަމަ އެހެންމެ އެ ބިން ކުއްޔަށް ހިފާފައިވާކަން އެއްވެސް ފަރާތަކުން އާބަންކޯއަށް އަންގާފައި ނުވާތީ އެ ބިން ވިއްކުމުގެ ހުރިހާ ޤާނޫނީ ހަމަތަކެއް އާބަންކޯއަށް ލިބިގެންވާ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.
މިގޮތުން ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ އާބަންކޯގެ ރަޖިސްޓްރީގައި އޮތް އެ ބިން 37،538،039 ރުފިޔާއަށް، ޕެންޝަން އޮފީހަށް ވިއްކުމުން، އެ ބިން ޕެންޝަން އޮފީހުން ގަނެ، ވިޔަފާރީގެ އަގު ދައްކައި ހަލާސްކޮށްފައި ވާތީ، އެ ވިޔަފާރީގެ މުއާމަލާތައް ފުރިހަމަވާތީ، އެ ބިމުގެ މިލްކުވެރި ފަރާތަކީ ޕެންޝަން އޮފީސް ކަމަށް ކަނޑައަޅާފައެވެ.