އެއާޕޯޓުގެ މަޝްރޫއު ނިންމުމަށް ބޭނުންވާ 1.2 ބިލިއަން ރުފިޔާ ޔޫއޭއީން ހަމަޖައްސައިފި
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ މަޝްރޫއުގެ މަސައްކަތް ނިންމުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާކަމަށް އިންތިހާބީ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިހާބީ ރައީސް, ޑރ. މުޙައްމަދު މުޢިއްޒުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިންމުން އަވަސް ކުރުމަކީ ޑރ. މުޢިއްޒުގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.
އެއީ އިޤްތިޞާދީ ކުރިއެރުމަށްވެސް މުހިންމު ކަމެއް ކަމަށާއި ޑރ. މުއިއްޒު ކުރެއްވި އަމިއްލަ ދަތުރުފުޅުގައި ލިބުނު ފުރުސަތުގައި އެއާރޕޯޓުގެ މަޝްރޫއު ނިންމަން ފަންޑުހޯދުމަށް އެގައުމުގެ ސަރުކާރުގައި އެދިވަޑައިގަންނަވާފައި ވާކަމަށެވެ.
އަދި ޔޫއޭއީގެ ސަރުކާރާއިއެކު ބޭއްވި ބައްދަލުވުމުގައި އެއާޕޯޓް މަޝްރޫޢު ނިންމުމަށް ބޭނުންވާ ފަންޑު ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގަތުމުން މިފައިސާ އަބޫދާބީ ފަންޑުން ހަމަޖައްސަވާ ދެއްވާފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.
" މި ހަމަޖެހިގެން ދިޔަ ފައިސާ އާއެކު އެއާޕޯޓު މަޝްރޫއު ބާރަށް ކުރިއަށް ގެންގޮސް ކަނޑައަޅާފައިވާ އަމާޒަށް މަޝްރޫއު ނިންމާލެވޭނެ ކަމުގެ އިތުބާރާ ޔަގީންކަން ލިބިއްޖެ” ފިރުޒުލް ވިދާޅުވިއެވެ.
ޑރ. މުއިއްޒުގެ އަމާޒަކީ ވެރިކަމުގެ އަށް މަސް ތެރޭ އެއާޕޯޓު ހުޅުވުމެވެ.