Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އުރީދޫއިން އައިފޯން ޕްރޯ މެކްސްއެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި

އުރީދޫއިން އައިފޯން ޕްރޯ މެކްސްއެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި

އުރީދޫއިން 'ރީޗާޖް އެންޑް ވިން'ގެ ނަމުގައި އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް އައިފޯން 15 އަކާއި އިތުރު ހަދިޔާތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ 7 ނޮވެމްބަރު 2023 އިން ފެށިގެން 31 ޑިސެމްބަރުގެ ނިޔަލަށެވެ. އުރީދޫ އިން ބުނީ މި މުއްދަތުގެ ތެރޭގައި އުރީދޫ އެޕުން 20 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރިޗާޖް ކުރުމުން މި ޕްރޮމޯޝަންގައި ބައިވެރި ވެވޭނެ ކަމަށެވެ. މި ޕްރޮމޯޝަނުގެ ދަށުން އެ ކުންފުނީގެ އެޕް މެދުވެރިކޮށް ރިޗާޖްކޮށްގެން ކޮންމެ ހަފުތާއަކު ނަސީބުވެރި ކޮންމެވެސް އެއް ކަސްޓަމަރަކަށް ޚާއްޞަ ހަދިޔާއެއް ލިބޭނެ ކަމަށާއި މި ޕްރޮމޯޝަންގެ 'ގްރޭންޑް ޕްރައިޒް'އަކަށް ކަނޑައަޅާފައި ވަނީ އައިފޯން 15 ޕްރޯމެކްސް އެއް ކަމަށް އުރީދޫ އިން ބުނެފައި ވެއެވެ. ކޮންމެ ހަފުތާއެއްގެ ނަސީބުވެރި ކަސްޓަމަރަށް ލިބޭ އިނާމުގެ ތެރޭގައި، މޫލީ މެދުވެރިކޮށް ވޮޗް ސީރީޒް 8، ވާވޭ ވޮޗް ބަޑްސް، ގާމިން ވެނޫ އެސްކިއު - މިއުޒިކް، އެޕަލް އެއާޕޮޑްސް ޕްރޯ ޖެން 2، ސެމްސަންގް ގެލެކްސީ ވޮޗް 5، ސެމްސަންގް ގެލެކްސީ ބަޑްސް ޕްރޯ 2، އެޕަލް މެގް ސޭފް ޑުއޯ ޗާޖަރު ނުވަތަ އިންސްޓެކްސް މިނީ 40 ހިމެނޭ ކަމަށް އުރީދޫ އިން ހާމަކުރެއެވެ. މީގެ އިތުރުން އުރީދޫއިން ބުނީ އެމް ފައިސާ މެދުވެރިކޮށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް