Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިންޑިއާ ސިފައިންގެ އަދަދު ނުދޭން ނިންމީ ގޯސްކޮށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި

އިންޑިއާ ސިފައިންގެ އަދަދު ނުދޭން ނިންމީ ގޯސްކޮށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި

ރާއްޖޭގައި ގާއިމުވެ ތިބި ކަމަށް ބުނާ އިންޑިއާ ސިފައިންގެ އަދަދު ހާމަ ނުކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމާފައިވަނީ އެ މައުލޫމާތު ހާމަވުމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަކާއި އޭގެ މިންވަރު އެކަށީގެންވާ ވަރަށް ބެލުމެއް ނެތި ކަމަށް ހައި ކޯޓުން ހުކުމްކޮށްފިއެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދާއި އެމީހުންނަށް ދައުލަތުން ކުރާ ހަރަދުގެ ތަފްސީލު ހޯދަން ޑިފެންސް މިނިސްޓްރީގައި އެދުނީ ދިޔަރެސް ނޫހުންނެވެ. އެ ނޫހުން އެދިފައިވަނީ އިންޑިއާ އަސްކަރިއްޔާއިން ހަދިޔާކޮށްފައިވާ އުޅަނދުތައް އޮޕަރޭޓް ކުރުމުގައި ހަރަކާތްތެރިވާ އިންޑިއާ ސިފައިން ހިމެނޭހެން ރާއްޖޭގައި ހަރަކާތްތެރިވާ ސިފައިންގެ ޖުމުލަ އަދަދާއި އެ ސިފައިންނަށް ދިވެހި ދައުލަތުން ކުރާ ހަރަދުގެ ތަފްސީލް ދިނުމަށެވެ. މި މައްސަލާގައި ހައި ކޯޓިން އިއްވާފައިވާ ހުކުމްގައި ބުނެފައިވަނީ ހޯދަން އެދުނީ ގައުމީ ސަލާމަތާ ގުޅޭ މައުލޫމާތުތަކެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މައްސަލަ ހުށަހަޅައިފިނަމަ އިޖުރާއަތްތައް ފުރިހަމަކޮށްގެން މައްސަލަ ކުރިއަށް ގެންދިއުމަށް ހައި ކޯޓުން ވަނީ އެދިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް