ޚަބަރު

ޑރ. މުޢިއްޒުގެ ސަރުކާރުގައި ޖުމްލަ 22 ވުޒާރާ، ދެއްވީ ޚަރަދު ބޮޑު ނުވާނެކަމުގެ ޔަޤީންކަން

އާއިޝަތު ޝައުނާ ، ދެން އޮންލައިން

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ޖުމްލަ 22 ވުޒާރާ ހުރިނަމަވެސް ޚަރަދު ބޮޑު ނުވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވައިފިއެވެ.

Ads by Hajj Corporation

މިއަދު ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ މުނާޞަބަތުގައި ޓީވީއެމްއިން ކުރިއަށްގެންދިޔަ "ދިވެހީންގެ ރާއްޖެ" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޑރ. މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ޚަރަދުތައް ބޮޑު ނުވާނެކަމަށެވެ. އަދި ވޭތުވެދިޔަ ސަރުކާރުތަކުގެ ސިޔާސީ މަޤާމުތަކަށްވުރެ އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސީ މަޤާމުތައްވެސް މަދުވާނެކަމަށާއި އެއަދަދު 700 އަށްވުރެ އިތުރުނުވާނެކަމަށެވެ.

ޑރ. މުޢިއްޒު ވިދާޅުވީ މިހާރު ސަރުކާރުގެ އޮފީސްތައް ހިންގުމަށް މި ބޭނުންކުރާ އިމާރާތްތަކަށްވުރެ އިތުރަށް އަމިއްލަ އެއްވެސް ތަނަކުން ކުއްޔަކަށް އެއްވެސް ތަނެއް އެމަނިކުފާނުގެ ސަރުކާރުގައި ނުނަންގަވާނެކަމަށާއި، އެހެންނަމަވެސް، ބައެއް މިނިސްޓްރީތައް ބައިބައި ކުރެއްވުމުން މިނިސްޓްރީތަކުގެ އަދަދު އިތުރުވާނެކަމަށެވެ.

ނަމަވެސް އެގޮތަށް މިނިސްޓްރީތައް ބައިބައިކުރެއްވީ ފޯކަސްޑް މަސައްކަތްތަކެއް ކުރައްވައިގެން، ނަތީޖާ ނެރެދެއްވަން ބޭނުންފުޅުވާތީކަމަށާއި، އެގޮތަށް މިނިސްޓްރީތައް އިތުރުވިނަމަވެސް އަމިއްލަ ފަރުދެއްގެ ގެއަކުން ނޫނިއްޔާ ސަރުކާރުން ބޭރުން އިތުރުތަނެއް ކުއްޔައް ހިފައި އެ ޚަރަދު އެމަނިކުފާނު ނުކުރައްވާނެކަމަށެވެ. އަދި ކުރެއްވޭނެކަމަށެވެ.

މީގެ އިތުރުން، ސިޔާސީ މަޤާމްތައްވެސް މަދުކޮށް، ސިވިލް ސަރވިސްގެ އޭގެ ޒާތުގައި ބޮޑުނުކުރައްވާނެކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. ބައެއް ބަދަލުތައް މުޅި ދަޢުލަތުގެ ހިންގުމަށް ގެނައި ނަމަވެސް އެއީ ބޮޑު ބަދަލަކަށް ނުވާނެކަމަށާއި އެމަނިކުފާނުގެ ސަރުކާރަކީ ނަތީޖާ ނެރެދެއްވާނެ ވަރުގެ ޓީމަކާއެކު ކުރިއަށްގެންދަވާ ސަރުކާރަކަށް ވެގެންދާނެކަމަށް ޑރ. މުޢިއްޒު ފާހަގަކުރެއްވިއެވެ.

Ads by Allied Insurance
  1. މުއިއްޒު އަށް ޔަގީން ކަން އޮންނަ މީހުންނޫން ވަޒީރުންނަށް ލާން ޖެހޭނީ ރައްޔިތުންނަށް ޔަގީން ކަން އޮންނަ މީހުންނޭ އެމަގާމް ތަކަށް ލާން ޖެހޭނީ ރައީސް ޔާމީން ވެރިކަމުގައި ބްރޯ އަށް ޓޫރިޒަމް މިނިސްޓަރު ކަން ދިނުން އެއީ ބޮޑު ގޯހެކޭ ދެން ޒަމީރު އަށް ޓޫރިޒަމް މިނިސްޓަރު ކަން ދިނުން އެއީ އަނެއް ގޯސް މުއިއްޒު ހަދާ އެންމެ ބޮޑު ގޯހަކީ އަދުރޭ ދަރިއަށް ފަތުރުވެރިކަމާއި ގުޅޭ ވަޒީރު ކަން ދިނުން އޭނާ އެއީ ޓޫރިޒަމް ގެ އަލިފުބާ ވެސް ދަންނަ މީހެއް ނޫނޭ ދެން މިނިސްޓްރީ ތައް އެކުލަވާލާފައިވަނީ ވެސް އެއްވެސް ނިޒާމެއްގެ ތެރޭން އެއްވެސް ރޭވުންތެރި ކަމެއް ހުރެގެން ނޫނޭ ތިޔާ އުފައްދާ އިންފްރާ މިނިސްޓްރީ އަކީ އެލިސަން ޖަނާ ބުނެގެން އުފައްދާ މިިނިސްޓްރީ އެކޭ ދެން މަސީގެ ބޮޑުންނަކީ އެއީ ބޮޑެތި ވަގުންނޭ މަސީގެ އެލިސަން ޖަނާ އަކީ ބޮޑު ވަގެކޭ އޭނާ މިހާރު ވެސް ދަރާ ތިބި މީހުންނަށް ފައިސާ ދީފިނަމަ އޭނާގެ ގެދޮރުވެސް ވިއްކަން ޖެހޭނެއޭ ދެން އަމިން ވެސް މީ އޭގެ އަނެއް ވަގޭ މަމެން ނުދަންނަ އާލާތުންނެއް ނޫނޭ މަސީގެ ބޮޑުން ނަށް ތިބެނީ މުއިއްޒު ބުނާ ގޮތަށް އެކަނި ހަދާ ވަޒީރުން ތިބެން ޖެހޭނީ މުއިއްޒުގެ އަމާބަފާ ތަރިކަ މުދާ ބަލަހައްޓާނަމަ އޭ ދިވެހިރާއްޖެ އަކީ އެއީ މުއިއްޒުގެ އަމާބަފާ ތަރިކަ މުދަލެއް ނޫނޭ ވަޒީރުންނަށް ލާން ޖެހޭނީ ރައްޔިތުން ވެސް ރުހޭ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރަން ދަންނަ ވައްކަން ނުކުރާ މީހުންނަށޭ މަމެންނަށް ޔަގީނޭ މުއިއްޒު ވަޒީރު ކަން ދޭ ގިނަ އާލާތުން ގެއިން ބަދިގެއަށް ވެސް ދާނީ ކާރުގައޭ އަދި އެއް ނުފެނޭ މުއިއްޒުގެ ވަޒީރުން ނަކީ އެއީ ރައްޔިތުން ބޭނުންވާ ވަޒީރުން ކަމަށް އަދި އެއް ނުފެނެއޭ މުއިއްޒު ތިޔާ އީ އަދުރޭގެ ޕަޕެޓެކޭ ރައީސް ޔާމީންގެ ލަފާ މަތިން ވަޒީރުން ލުން އެއީ ގައުމަށް ފައިދާ ހުރި ގޮތަކީ މުއިއްޒު އަށް އަދި ވާނުވާ ނުވެސް އިނގޭނެއޭ މަމެން ހުވައޭ މުއިއްޒު އަތަށް ވެރިކަން ގޮވާނެއޭ އޭނާ ކަމަކަށް އޮންނާނީ ރާއްޖޭން ބޭރަށް ދަތުރު ކޮށް އޭނާގެ އަންހެނުން ބެބޫ ހެދިގެން ދަތުރު ކޮށް މަޖާ ކުރުމޭ ބަލަން ތިބެއްޗޭ…

  2. މުއިއްޒު މޮދީ އަށް އޭނާ ހުވާ ކުރާ ރަސްމިއްޔާތަށް ދައުވަތު ދެނީ އެއީ އޭނާ ހިތުން އިންޑިއާ އަށް ދައްކަން ޖެހޭ ލޯން ދައްކަން ޖެހޭ މުއްދަތު ފަސްކުރުމަށޭ އެކަން ކުރަން އޭނާ އެދޭއިރު އިންޑިއާ ސިފައިން ބާލަން އޭނާ އެދެން ޖެހޭ މޮދީ ގާތު ދެން ކިހިނެއް އިންޑިއާ ސިފައިން ބާލާނީ ނުވާނެ އެކަމެއް އަނެއްކޮޅުން ލޯން ދެއްކުމުގެ މުއްދަތު ފަސްކުރަނީ އެއީ ކަނޑުކޮހުން ކުރާނެ ކަމެކޭ ދައުލަތަށް ފައިސާ ވަންނާނެ ގޮތެކޭ ހޯދަން ޖެހޭނީ ޓެކްސް ބޮޑު ނުކޮށް އެކަން ކުރެވޭނެއޭ މާލެ ސަރަހައްދުގައި ހުރި ފަޅުތައް ހިއްކާ ބިން ތައް ވިއްކައިގެން ފަޅުތައް ނުހިއްކާ ފަޅު ތައް ވިއްކުމުން ފަޅުތަކުގެ އަގު ކުޑަވަނީ ފަޅު ތައް ވިއްކާ ފަޅު ތަކުން 1 ހެކްޓަރު އަދި 2 ހެކްޓަރު ބިން ވެސް ވިއްކޭނެއޭ ބޮޑު އަގުގައި އެގޮތުން މަހަކު 1 ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ވެސް ލިބިދާނެ ކަމަށް އިގްތިސާދީ އިލްމްގެ ހިސާބު ތަކުން ދައްްކައޭ މުއިއްޒު އަކަށް ދުރު ނުވިސްނެއޭ އޭނާ ވިސްނަނީ އުނގުންނޭ މީހުން ދައްކާ ވާހަކަ އިން ވައްކަން ކުރަނީ އޭނާ އަކީ އަޑުއެހުމުން ވައްކަން ކުރާ މީހެކޭ މަމެން ހުވައޭ އޭނާގެ ވެރިކަން ދާނީ ޗޮކުންނޭ އަހަރު މެދަށް ދާއިރު ހަނޑޫ ކިލޯ އެއް ލިބޭނީ 50 ރުފިޔާ އަށް ބަލަން ތިބެއްޗޭ ދޮން މީހުން އަދި ވޯލްޑް ބޭންކް އަދި އައި އެމްއެފް އިން އަންނަ ކަނޑުކޮހުން ބުނާ ގޮތަށް ހެދި ގައުމެއް އަދި ބަނގުރޫޓް ވުން އިއުލާން ކުރުން ނޫން ކަމެއް ނުކުރެއޭ އޭނާ އަކީ ދުނިޔޭގެ ވާނުވާ ނޭގޭ މީހެކޭ…

  3. އެހެންތޭ

    މުއިއްޒު ބުނި އޭނާގެސަރުކާރުގައި ޚަރަދުކުޑަވާނެއޭ ނުއެއް ފެނޭ ބިންގާ ކަމުގައިވާ އޭނާ ހުވާކުރުމުގެ ރަސްމިއްޔާތު ބޮޑު ނާޗަރަނގީ އެއްކުޅޭ ގޮތަށް ކުޅެން އޭނާ ވަނީ އެންމެ ދެ ގަޑިއިރަށް ޓަކައި ދައުލަތުގެ ބަޖެޓުން 220 މިލިއަން ރުފިޔާ އެކަމަށް ތަޅާ ބުރުވާލާފައޭ މީ މުޅި މާލޭގެ މަގުގައި ތާރު އެޅޭނެ ފައިސާއޭ އަދި އެއް އަމަލަކުން ނުފެނޭ މުއިއްޒު ވެގެން ދާނީ ރާއްޖޭން ބޭރަށް ދައުލަތުގެ ބަޖެޓުން ފައިސާ ނަގައިގެން އެންމެ ގިނައިން ދަތުރުކުރާނެ ހާކިމާއަށް ބަލާތި ބަލަން ތިބޭ ބަޔަކަށް މިތަން ފެންނާނެއޭ ޚަރަދު ކުޑަ ކުރާނަމަ ފުރަތަމަ ވެސް ވަޒީރުންނާއި ސިޔާސީ މަގާމް ތަުކުގައި ތިބޭ މީހުން ސަރުކާރުގެ ޚަރަދުގައި ރާއްޖޭން ބޭރަށް ދަތުރު ކުރާނަމަ އެކަން މީޑިއާ ތަކަށް އަންގާ މީޑިއާ ތައް މެދުވެރިކޮށް ރައްޔިތުންނަށް އެކަން އެނގި އެކަމަށް ކުރާ ޚަރަދު ވެސް ބުނެދެމުން ދާންވީ ދެން ބޭރު ގައުމު ތަކުގައި ހުންނަ އެމްބަސީ ތަކުގައި ތިބޭ މީހުންގެ މުސާރަ ކޮންމެ މަހަކު ހާމަކުރަމުން ދާންވީއޭ އެއިރުން ކޮރަޕްޝަނާއި ދުރު ކަމުގެ ނިޝާން ތައް ފެނިގެން ދާނީ…

  4. ބަލާތި

    މާބޮޑަށް މަޑުގިނީގައި މުއިއްޒު އިންޑިއާ ސިފައިން ބާލަން އުޅޭނަމަ އެކަން ނުވާނެއޭ ސަބަބަކީ ކެނެރީގެ ނަޝީދަކީ އެއީ ރާއްޖެ އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ގެންގޮސްގެން އޭނާ އިންޑިއާ އިން ސުޕާރީ ނަގައިގެން ކެމްޕެއިން ކޮށްގެން ވެރިކަމަށް އަންނަން ބޭނުންވާ މީހަކަށްވާތީވެ އޭނާ އެދޭތެރެއަށް ބޭނިގަނެގެން އިންޑިއާ ގެ އެހީގައި މަޖްލީހުގެ މެޖޯރިޓީ ނަގާނެއޭ މަޖްލީހުގެ އިންތިޚާބަކީ އެއީ ވޯޓް ވިއްކާ އިންތިޚާބޭ ކަން މިހެން ހުރުމުން މަޖްލީހުގެ އިންތިޚާބުގެކުރިން ނިންމަން ޖެހޭނެއޭ މުއިއްޒު މެން ހީކުރާ ގޮތަށް ނޫނޭ ކަންކަން ރޭވިފައި އޮތީ އިންޑިއާ އެއް ނޫނޭ މީގެ މުގުލުގައިވީ މީގެ މުގުލުގައި ވީ އެމެރިކާ އެމެރިކާ މުގުލުގައިވީ އިނގިރޭސިންނޭ އިނގިރޭސިންގެ ބޭނުމަކީ ރާއްޖެ އަކީ ދެވަނަ ފަލަސްތީނަށް ހެދުމޭ އެއީ އިނގިރޭސިންގެ ބޭނުމަކީ،…