ޚަބަރު

ސިޔާސީ ޕާޓީތަކުން ޤައުމު އިސްކުރައްވައިގެން ޒިންމާދާރުކަމާއެކު މަސައްކަތްކުރެއްވުމަށް ޑރ. މުޢިއްޒު އިލްތިމާސްކުރައްވައިފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ސިޔާސީ ޕާޓީތަކުން ޤައުމު އިސްކުރައްވައިގެން ޒިންމާދާރުކަމާއެކު މަސައްކަތްކުރެއްވުމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

Ads by STELCO

މިއަދު ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ މުނާޞަބަތުގައި ޓީވީއެމްއިން ކުރިއަށްގެންދިޔަ "ދިވެހީންގެ ރާއްޖެ" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖޭގައި މިއޮތް ސިޔާސީ ޕާޓީގެ ނިޒާމު ރަނގަޅުކޮށް ހަރުދަނާވުމަށް ރައްޔިތުން އެދޭކަމަށާއި، އަދި ވަރަށް ގިނަ ރައްޔިތުން ޕާޓީތަކަށް ވަންނަން ޝައުގުވެރިވާކަމަށެވެ.

އެހެންކަމުން ސިޔާސީ ޕާޓީތަކުން އެންމެ އިސްކަންދެއްވަން ޖެހެނީ ޕާޓީތައް އުފެއްދުމުގެ މައިގަނޑު މަޤްޞަދު ހާޞިލްކުރުމަށް މަސައްކަތްކުރެއްވުމަށް ކަމަށާއި އަމިއްލަ މަސްލަޙަތަށްވުރެ ބޮޑަށް ޤައުމުގެ މަސްލަޙަތު އިސްކުރައްވަން ޖެހިވަޑައިގަންނަވާކަމަށެވެ.

"ޤައުމު އެއީ ބުނެލާ ޖުމްލައަކަށް ނަހަދަންވީއޭ، ޕާޓީގެ މަސްލަޙަތު ޕާޓީތައް އުފައްދަނީ ކޮން ބޭނުމެއްގައިތޯ ވިސްނާވަޑައިގެން ޕާޓީގެ މަސްލަޙަތަށްވުރެ ޤައުމުގެ މަސްލަޙަތު އިސްކުރައްވާށޭ ކޮންމެ ބޭފުޅަކުވެސް" ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އަދި އެމަގުން ޕާޓީތައް ހަރުދަނާކުރެއްވުމަށް އެމަނިކުފާނަށް ކޮށްދެވެންހުރި ހުރިހާ ކަމެއް ކޮށްދެއްވާނެކަމަށް ފާހަގަކުރައްވަމުން ޑރ. މުޢިއްޒު ވިދާޅުވީ، ޤައުމީ މަސްލަޙަތު އިސްނުކޮށް ޕާޓީތައް މަސައްކަތްކުރައްވާނަމަ ރައްޔިތުންނަށް އެއިން ފައިދާއެއް ނުކުރާނެކަމަށެވެ.

"ތިމަންނައަށް އެންމެ ފައިދާހުރި ގޮތެއްނޫނޭ، ޤައުމަށް ފައިދާހުރިގޮތް، ސަރުކާރުންވެސް ރަނގަޅުވާހަކައެއް ދައްކަންޏާ ސަރުކާރުން ރަނގަޅުކަމެއް ކުރަން އުޅެންޏާ އެކަމަކަށް އެހީތެރިކަމެއް ދެއްވާށޭ" ޑރ. މުޢިއްޒު އެދިވަޑައިގެންނެވިއެވެ.

ކޮންމެ ޕާޓީއަކުންވެސް އެގޮތަށް މަސައްކަތްކުރެއްވުމަށާއި، ސަރުކާރުތަކުން ކުރައްވާ ކަންކަމުގައި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ނޫންގޮތަށް ކަންކަން ކުރާކަމަށް ފެނިވަޑައިގަންނަވާނަމަ، އެކަމެއްގައި އެބޭފުޅުން އެކަން ކުރައްވާނެ އެންމެ ރަނގަޅުގޮތް ރައްޔިތުންނަށް ހުށަހަޅުއްވައިދެއްވުމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

Ads by Ooredoo
  1. ނުވާނެއޭ

    އިންޑިއާ ސިފައިން ސުލްހަވެރިކޮށް ކުޅަދާނަ އެއް ނޫނޭ ކުރިއަށް އޮތް 100 އަހަރުން ވެސް ބާލަން އެކަން އެގޮތަށް ނުވާނެއޭ ރައީސް ޔާމީން ވެރިކަމުގައި އެމެން ގާތު ފައިބާން ބުނުމުން ނުފޭބި ބަޔަކު ދެން ސުލްހައި ގައި ނުފާބާނެއޭ އެއީ ޔަގީން ކަމެކޭ އިންޑިއާ ސިފައިން މިގައުމުން ބޭލޭނީ ދެ ވެރިއަކަށް އެއީ ރައީސް ޔާމީނަށް ދެން އެކަން ވާނީ އުމަރު ނަސީރަށް ދެން ނެތޭ އެކަން ވާނެ ރައީސަކު މުއިއްޒުގެ ވެރިކަމުގައި އިންޑިއާ ސިފައިން ނުބޭލޭނެއޭ ތަފާތު އުޒުރު އޭނާ ދައްކަނީއޭ މުއިއްޒު އަށް އިންޑިއާ ސިފައިން ވެސް ނުބޭލޭނެއޭ އަދި ވިއްކާލި ކަނޑު ވެސް އަތުނުލެވޭނެއޭ އެއީ ވާނޭ ކަމެއް ނޫނޭ އެކަން ނުވާނެއޭ މުއިއްޒު އަށް މުއިއްޒު އަކީ އެއަށް ވުރެން ރަނޑު މީހެކޭ އޭނާ އަށްވާނީ ބަދިގޭގައި ބަތްކައްކާ ކުޅުމޭ…

  2. ބަލާށޭ

    އިންޑިއާ ސިފައިން ނުބޭލޭނެއޭ މަޝްވަރާ ކޮށްގެން މުއިއްޒު އަދި އާވާނެއޭ އިންޑިއާ މީހުންނާއި މަޝްވަރާ ކުރަން އެމެން ކޮޅެއް މެދެއް ނުދައްކާނެއޭ ފުރަތަމަ ކަމަކީ އިންޑިއާ އަށް ދައްކަން ޖެހޭ ލޯން ދެއްކުން ކޮންމެހެން ފަސް ކުރަން ނުޖެހޭނެއޭ ފައިސާ ދައްކާ ފަހުގެ ތާވަލް ތަކެއް އެކުލަވާލައިގެން އެއީއޭ ތިޔާ ބުނާ ލޯން ރިސްޓްރަކްޗަރ ކުރުމަކީ މާލެ ސަރަހައްދުގެ ފަޅުތައް ހިއްކާ ބިން ވިއްކާށޭ ހެކްޓަރެއްގެ ބިން 10 މިލިއަން ޑޮލަރަށް ފަޅު އެއްކޮށް ވިއްކާނުލާށޭ އެއީ ގޯހެކޭ އިންޑިއާ ސިފައިން ފުރަތަމަ ހަފްތާ ތެރޭގައި ބޭރުކުރަން ޖެހޭނެއޭ…

  3. ބަލާތި

    މާބޮޑަށް މަޑުގިނީގައި މުއިއްޒު އިންޑިއާ ސިފައިން ބާލަން އުޅޭނަމަ އެކަން ނުވާނެއޭ ސަބަބަކީ ކެނެރީގެ ނަޝީދަކީ އެއީ ރާއްޖެ އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ގެންގޮސްގެން އޭނާ އިންޑިއާ އިން ސުޕާރީ ނަގައިގެން ކެމްޕެއިން ކޮށްގެން ވެރިކަމަށް އަންނަން ބޭނުންވާ މީހަކަށްވާތީވެ އޭނާ އެދޭތެރެއަށް ބޭނިގަނެގެން އިންޑިއާ ގެ އެހީގައި މަޖްލީހުގެ މެޖޯރިޓީ ނަގާނެއޭ މަޖްލީހުގެ އިންތިޚާބަކީ އެއީ ވޯޓް ވިއްކާ އިންތިޚާބޭ ކަން މިހެން ހުރުމުން މަޖްލީހުގެ އިންތިޚާބުގެކުރިން ނިންމަން ޖެހޭނެއޭ މުއިއްޒު މެން ހީކުރާ ގޮތަށް ނޫނޭ ކަންކަން ރޭވިފައި އޮތީ އިންޑިއާ އެއް ނޫނޭ މީގެ މުގުލުގައިވީ މީގެ މުގުލުގައި ވީ އެމެރިކާ އެމެރިކާ މުގުލުގައިވީ އިނގިރޭސިންނޭ އިނގިރޭސިންގެ ބޭނުމަކީ ރާއްޖެ އަކީ ދެވަނަ ފަލަސްތީނަށް ހެދުމޭ އެއީ އިނގިރޭސިންގެ ބޭނުމަކީ،…