ލަންކާ އެއާޕޯޓުން ދިވެއްސަކު ހައްޔަރުކޮށްފި

ސްރީ ލަންކާގެ މައި އެއާޕޯޓަށް ގޮސް ހުރި ދިވެއްސަކު ލަންކާގެ ފުލުހުން ރޭ ހައްޔަރުކޮށްފިއެވެ.
ލަންކާ އެއާޕޯޓުން ހައްޔަރުކޮށްފައިވަނީ އުމުރުން 58 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފޮށިން ފިސްތޯލައެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ގެންނަން އުޅިނީ ހަވަރަކަށް އިންޗި ހުންނަ ލައިޓަރެކެވެ. އެއީ ބެންކޮކުން ލަންކާއަށް އޭނާ ގެނައި ލައިޓަރެއް ކަމަށް އޭނާއާއެކު ދަތުރުކުރި މީހަކު ބުނެފައިވެއެވެ.
ލަންކާގެ ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.